ދިވެހިންގެ އެއާކޯއިން ރޭގަނޑު މި އޮޕަރޭޝަން ހިންގާފައިވަނީ ވ.ފޮއްތެޔޮ މުލީގެ އިރުން 137 ނޯޓިކަލް މޭލު (ގާތްގަނޑަކަށް 253 ކިލޯމީޓަރު) ބޭރުންނެވެ.

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބަލަހައްޓަން ގެނައި ޒަމާނީ ޑްރޯންތައް ބޭނުންކޮށްގެން ވ. ފޮއްތެޔޮ މުލި ބޭރުން މަސް ބޯޓުތަކެއް އަތުލައިގެންފި އެވެ.
އެއެންޑީއެފް އިން ބުނީ އެމްއެންޑީއެފް އެއާކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ބޭރުގެ ބޯޓެއް ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ދިވެހިންގެ އެއާކޯއިން ރޭގަނޑު މި އޮޕަރޭޝަން ހިންގާފައިވަނީ ވ.ފޮއްތެޔޮ މުލީގެ އިރުން 137 ނޯޓިކަލް މޭލު (ގާތްގަނޑަކަށް 253 ކިލޯމީޓަރު) ބޭރުންނެވެ. މި ބޯޓުތައް ހިފަހައްޓާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދު ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. ސްރީލަންކާ އަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުގެ ރެ އެވެ.

ނަމަވެސް މި އޮޕަރޭޝަންގައި ޑްރޯންތައް އުދުއްސާފައިވަނީ ސިފައިންގެ ކޮން ވައިގެ މަރުކަޒަރަކުންކަމެއް ބުނެފައެއް ނުވެ އެވެ. ދިވެހި ސިފައިންގެ ދެ ޑްރޯން ބޭސް ހަދާފައިވެ އެވެ. މިގޮތުން އެއް ޑްރޯން ބޭސް ހަދާފައިވަނީ ނ. މާފަރުގަ އެވެ. އަދި އެންމެފަހުން ދިވެހި ސިފައިންގެ ވައިގެ ބާރުގެ މަރުކަޒެއް އުފެއްދީ އައްޑު އަތޮޅުގަ އެވެ.
ދިވެހި ސިފައިންގެ އެއާކޯއިން ބޭނުން ކުރަމުން ގެންދަނީ ދުނިޔޭގެ ފެންވަރުގައި ވެސް މަޝްހޫރު ޑްރޯންތަކެކެވެ. ހަނގުރާމަވެރި ހަތިޔާރު ހަރުކޮށްފައިވާ މި ޑްރޯންތަކަކީ 300 ކިލޯމީޓަރު ދުރަށް އުދުހުމުގެ ގާބިލްކަން ހުރި ޑްރޯންތަކެކެވެ. މި ޑްރޯންތަކަކީ ރޭގަނޑުވެސް ހޯދުމުގެ ކުޅަދާނަކަން ލިބިފައިވާ ސާރވެއިލެންސްގެ އިތުރުން، ލޭޒާ ގައިޑެޑް ހަތިޔާރު އަޅުވާފައި ހުންނަ އުޅަނދު ތަކެކެވެ.