އެޗްޑީސީ ވަރަ އެކްސްޕޯގައި | ކެރިއާ ގައިޑެންސާއެކު ގިނަ ގިވްއަވޭ

މި އެކްސްޕޯގައި އެޗްޑީސީގެ އެކި ޑިޕާޓްމަންޓްތަކުގެ ފަރާތުން ޖުމްލަ 9 ސްޓޯލެއް ބަހައްޓާނެ އެވެ. އޭގެ ތެރޭގައި ކެރިއާ ގައިޑެންސް ދިނުމާއި ޕެނަލް ޑިސްކަޝަންތަކުގެ އިތުރުން އެކި ކަހަލަ ގޭމްތައްވެސް ހިމެނެ އެވެ.

އެޗްޑީސީއިން ވަރަ އެކްސްޕޯގައި ބަހައްޓާފައި ސްޓޯލް -- އެޗްޑީސީ

"ވަރަ" އެކްސްޕޯގެ ނަމުގައި ހުޅުމާލޭގައި ކުރިއަށްދާ ކެރިއަ ގައިޑެންސް ފެއާއަކީ މި ދާއިރާއިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިވެންޓެވެ. މި ހާއްސަ ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯގައި ކެރިއާ ގައިޑެންސް ދިނުމަށް އެޗްޑީސީން ގިނަ ސްޓޯލްތަކެއް ބަހައްޓާފައިވެ އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި އެކްސްޕޯ އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.


މި އެކްސްޕޯގައި އެޗްޑީސީގެ އެކި ޑިޕާޓްމަންޓްތަކުގެ ފަރާތުން ޖުމްލަ 9 ސްޓޯލެއް ބަހައްޓާނެ އެވެ. އޭގެ ތެރޭގައި ކެރިއާ ގައިޑެންސް ދިނުމާއި ޕެނަލް ޑިސްކަޝަންތަކުގެ އިތުރުން އެކި ކަހަލަ ގޭމްތައްވެސް ހިމެނެ އެވެ. އަދި، އެއާއެކު އެކްސްޕޯ އަށް ޒިޔާރާތްކޮށް، އެޗްޑީސީގެ ކިއުއާރު ކޯޑު ސްކޭންކޮށްގެން ފަރުކޮޅުފުށި ވެޑިންގ ވެނިއުއެއް އަދި ކުޑަގިރި ދަތުރެއް ހޯދުމުގެ ފުރުސަތުވެސް އެބައޮތެވެ.

ވަރަ އެކްސްޕޯ 2025

  •  މި އަހަރު އެކްސްޕޯގައި ހަތަރު ޒޯނެއް
  •  ޖުމްލަ 164 އެކްޒިބިޓަރުން ބައިވެރިވޭ
  •  1967 ކެރިއާ ފުރުސަތު އޮންނާނެ
  •  1164 ވަޒީފާގެ ފުރުސަތު
  •  247 އެކްރެންޓިސްޝިޕް ޕްރޮގްރާމް
  •  540 އިންޓާޝިޕް
  •  ހަތް ވޯކްޝޮޕް ތިން ދުވަހުގެ ތެރޭ އޮންނާނެ
  •  ޖޮބް އިންޓަވއުއަށް ތައްޔާރު ކޮށްދޭ ހާއްސަ ބައެއް
  •  ފަސް ޕެނަސް ޑިސްކަޝަން ކުރިއަށްދާނެ


ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން ހޯދައިދީ، ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ އެކްސްޕޯ އެކެވެ. ވަޒީފާގެ މާހައުލަށް އަލަށް ނުކުންނަ ޒުވާނުންނަށް ކެރިއާ ގައިޑެންސް ދިނުމަށް އެޗްޑީސީން އެޕްރެންޓިސްޝިޕް ޕްރޮގުރާމުތައްފަދަ ގިނަ ހަރަކާތް ތަކެއް އަބަދު ވެސް ކުރިއަށްގެންދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.