ބީއެމްއެލްގެ އެހީތެރިކަމާއެކު ވަރަ އެކްސްޕޯ ފަށައިފި

މި އަހަރުގެ އެކްސްޕޯގައި ޖުމްލަ 164 އެކްޒިބިޓަރުން ބައިވެރިވެފައިވެ އެވެ. އަދި 1967 ކެރިއާ ފުރުސަތު ހުޅުވިފައި އޮންނާނެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު، ރާއްޖޭގައި ހުރި ވަޒީފާ އާއި ފުރުސަތުތައް ފެނިގެންދާ ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ (ވަރަ އެކްސްޕޯ 2025) ފަށައިފި އެވެ.

ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ (ވަރަ އެކްސްޕޯ 2025) މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުޅުއްވައި ދެއްވީ ފަސްޓްލޭޑީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލް ޑިވެލޮޕްމަންޓް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯގެ މަޤްސަދަކީ ވަޒީފާގެ ފުރުސަތުތަކާއި ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް އެއްތަނަކުން ހޯދުމުގެ މަގު ފަހިކޮށްދީ، ދިވެހި ޒުވާނުން ބާރުވެރިކުރުމެވެ.

ވަރަ އެކްސްޕޯ 2025

  • މި އަހަރު އެކްސްޕޯގައި ހަތަރު ޒޯނެއް
  • ޖުމްލަ 164 އެކްޒިބިޓަރުން ބައިވެރިވޭ
  • 1967 ކެރިއާ ފުރުސަތު އޮންނާނެ
  • 1164 ވަޒީފާގެ ފުރުސަތު
  • 247 އެކްރެންޓިސްޝިޕް ޕްރޮގްރާމް
  • 540 އިންޓާޝިޕް
  • ހަތް ވޯކްޝޮޕް ތިން ދުވަހުގެ ތެރޭ އޮންނާނެ
  • ޖޮބް އިންޓަވއުއަށް ތައްޔާރު ކޮށްދޭ ހާއްސަ ބައެއް
  • ފަސް ޕެނަސް ޑިސްކަޝަން ކުރިއަށްދާނެ

މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސާގެ ހައިސިއްޔަތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިންޓަރެކްޓިވް ހަރަކާތްތައް ހިމެނޭ ހާއްސަ ސްޓޯލެއް ގާއިމުކޮށްފަ އެވެ. 

މި ސްޓޯލުން ބޭންކުގެ އިންޓަރންޝިޕް ޕްރޮގްރާމާއި ސްކޮލަރޝިޕްގެ ފުރުސަތުތަކާއި ދަރިވަރުންނާއި ޒުވާން ޕްރޮފެޝަނަލުންނަށް ހުޅުވާލާފައިވާ އިންޑަސްޓްރިއަލް ޕްލޭސްމަންޓްތަކާ ގުޅޭ މައުލޫމާތުތައްވެސް ހިއްސާކުރާނެއެވެ. އަދި ވަޒީފާ ހޯދާ ފަރާތްތަކަށް ބޭނުންވާ ކެރިއާ ގައިޑެންސް އާއި ޖޮބް ކޯޗިން ވެސް ބޭންކުގެ ތަޖުރިބާކާރުން ފޯރުކޮށްދޭނެ އެވެ.

ފާއިތުވި އަހަރުގެ އެކްސްޕޯ އަށް އަށް ވަރަށް ބޮޑު ތަރުހީބެއް ލިބި 10،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި އެވެ. މި އަހަރުގެ އިވެންޓް ހޮނިހިރު ދުވަހުގެ ރޭ 22:00 އާ ހަމައަށް، ކުރިއަށްދާނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.