ސްޓެލްކޯއިން ވަނީ އއ. ތޮއްޑޫ އާއި ގުރައިދޫއަށް 1000 މެގަވޮޓްގެ ޖަނަރޭޓަރު ގެންގޮސްފަ އެވެ.

އާބާދީ އިތުރުވެ ޓޫރިޒަމް ފުޅާވަމުންދާ އއ. ތޮއްޑޫ އާއި ކ. ގުރައިދޫގެ ކަރަންޓުގެ ހިދުމަތް ވަރުގަދަ ކުރަން ސްޓެލްކޯއިން އާ ޖަނަރޭޓަރުތަކެއް ގެންގޮސްފި އެވެ.
ރާއްޖޭގެ 35 ރަށަކަށް ކަރަންޓުގެ ހިދުމަތް ދެމުން ގެންދާ ސްޓެލްކޯއިން ބުނީ އުމްރާނީ ގޮތުންނާއި ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން އއ.ތޮއްޑޫ އަންނަމުންދާ ތަރައްގީ އާއި ގުޅިގެން، ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް މިއަދު ވަނީ އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ޖަނަރޭޓަރު އިންސްޓޯލްކުރެވި ކޮމިޝަން ކުރެވުމާއިއެކު އއ.ތޮއްޑޫ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެ ކުންފުނިން މީގެ އިތުރުރުން ވަނީ ކ. ގުރައިދޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރަން އިތުރު ޖަނަރޭޓަރުތަކެއް އިއްޔެ ގެންގޮސްފަ އެވެ.
އެ ކުންފުނިން ބުނީ އުމްރާނީ ގޮތުންނާއި ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން ކ. ގުރައިދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަންގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް ގެންގޮސްފައިވާ ކަަމަށެވެ.
ސްޓެލްކޯއިން ބުނީ އެ ރަށަށް ގެންގޮސްފަޢިވާ މި ޖަނަރޭޓަރު އިންސްޓޯލްކުރެވި ކޮމިޝަން ކުރެވުމާއިއެކު ކ. ގުރައިދޫގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.
ސްޓެލްކޯއިން މާލެ ފިޔަވައި 35 ރަށެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެ އެވެ. އަދި ފެނުގެ ހިދުމަތް (14 ރަށެއްގައި އަދި ނަރުދަމާގެ ހިދުމަތް 19 ރަށުގައިދެ އެވެ.