"ސްކޫލް ކޫލް" މަޝްރޫއުގެ ދަށުން 18،000 ބީޓީޔޫގެ 6500 އެއާކޯން ސަޕްލައި ކުރާނެ އެވެ. އަދި 24،000 ބީޓީޔޫގެ 1،500 އެއާކޯން ސަޕްލައި ކުރާނެ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ފިނި ކުރަން ހިންގާ މަަޝްރޫއު ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޓާސްއަށް 58.4 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި އެވެ.
ބާސެލާސް ނަސަންދުރަ ޕެލަސް ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި އެސްޓާސް ކުންފުންޏަށް ހަވާލުކޮށްފައިވަނީ ހުރިހާ ސްކޫލެއް ފިނި ކުރާށެވެ.
"ސްކޫލް ކޫލް" މަޝްރޫއުގެ ދަށުން 18،000 ބީޓީޔޫގެ 6500 އެއާކޯން ސަޕްލައި ކުރާނެ އެވެ. އަދި 24،000 ބީޓީޔޫގެ 1،500 އެއާކޯން ސަޕްލައި ކުރާނެ އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ކުރިން ވިދާޅުވެފައިވާ ގޮތުގައި ސްކޫލްތައް އޭސީކުރުމުން މިހާރު ދައުލަތުން ކުރާ ހަރަދަށްް އިތުރުވެގެންދަނީ 38 ޕަސެންޓް ކަމަށާއި އެ ޕްރޮޖެކްޓްގެ 30 ޕަސެންޓް ގެންދާނެ އެވެ. އަދި އިޔާދަކުރަނިވި ހަކަތައިންނެވެ.