އަމިއްލަ ކުންފުނިތަކަށް 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފި

މި މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވަނީ 53 ކުންފުންޏަކަށެވެ. މި މަޝްރޫއުތަކުގެ އަގު 2.7 ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ.

އަމިއްލަ ކުންފުނިތަކާ ޕީއެސްއައިޕީ މަޝްރޫއުތައް ހަވާލު ކުރަނީ -- ރައީސް އޮފީސް

އިގްތިސޯދު ބާރަށް ހިންގުމުގެ ގޮތުން އަމިއްލަ 50 އަށްވުރެ ގިނަ ކުންފުންޏަށް 206 މަޝްރޫއެއް ހަވާލުކޮށްފި އެވެ. 

ބަސެލޯސް ނަސަންދުގެ ޕެލަސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ގޮތުގައި ހިންގަން ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި 53 ކުންފުންޏަކަށް މަޝްރޫއު ހަވާލުކޮށްފައިވެ އެވެ. ހުރިހާ މަޝްރޫއުތަކެއް ހިސާބުކޮށްލުމުން މި މަޝްރޫއުތަކުގެ އަގު ގާތްގަނޑަކަށ 2.7 ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ. 

މި މަޝްރޫއުތަކަކީ ކޮންޓްރެކްޓާ ފައިނޭންސިން މަޝްރޫއެކެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ މި މަޝްރޫއުތައް ނިސްބަތްވާ މިނިސްޓްރީތަކުގެ ވެރިންންނެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވަޑައިގެންނެވި އެވެ. 

މަޝްރޫއުތައް ނިސްބަވްތާ މިނިސްޓްރީތައް

  •  މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުޓީ - 39 މަޝްރޫއު | 119 މިލިއަން
  •  މިނިސްޓްރީ އޮފް އެޑިއުކޭޝަން - 26 މަޝްރޫއު | 397 މިލިއަން
  •  މިނިސްޓްރީ އޮފް ހެލްތް - 26 މަޝްރޫއު | 312 މިލިއަން
  •  މިނިސްޓްރީ އޮފް ފިޝަރިޒް - ދެ މަޝްރޫއު | 131 މިލިއަން
  •  މިނިސްޓްރީ އޮފް އިސްލާމިކް އެފެއާސް - 14 މަޝްރޫއު | 196 މިލިއަން
  •  މިނިސްޓްރީ އޮފް ޓޫރިޒަން އެންޑްް އެންވަޔަރުމަންޓް - 24 މަޝްރޫއު | 204 މިލިއަން
  •  މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ފިޓްނަސް - 52 މަަޝްރޫއު | 197 މިލިއަން
  •  މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ލޭބަ އެންޑް ސްކިލްސް - ފަސް މަޝްރޫއު | 114 މިލިއަން
  •  މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ - 13 މަަޝްރޫއު | 997 މިލިއަން
  •  މިިނިސްޓްރީ އޮފް ޔޫތު އެންވަޔަރުމަންޓް އެންޑް އާޓްސް - އެއް މަޝްރޫއު | 40 މިލިއަން

އެންމެ ގިނަ މަޝްރޫއު ސްޕޯޓްސް މިނިސްޓްރީގެ ދާއިރާއިން

އެންމެ ގިނަ މަޝްރޫއު ހަވާލުކޮށްފައިވަނީ ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓްރީއާ ގުޅުންހުރި ދާއިރާތަކުންނެވެ. މި ދާއިރާތަކުން 52 މަޝްރޫއު ހިމެނެ އެވެ. އަދި ދެވަނަ އަށް އެންމެ ގިނަ މަޝްރޫއު ހަވާލުކުރީ ހޯމްލޭންޑް ސެކިއުރިޓީއާ ގުޅުންހުރި ދާއިރާތަކުންނެވެ. އެ ދާއިރާއިން 39 މަޝްރޫއެއް ހަވާލުކޮށްފައިވެ އެވެ. 

އަންނަ އަހަރުން ފެށިގެން ހިންގަން ފަށާ މަޝްރޫއުތަކުގެ ތެރޭގައި މިއަދު ހަވާލުކުރި ގިނަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެވެ. މި މަޝްރޫއުތަކުގެ ތެރޭގައި 24 ހައުސިން މަޝްރޫއެއް ވެސް ހިމެނެ އެވެ. ގިނަ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވަނީ ރަށްރަށުގަ އެވެ. މާލޭގައި ހިންގަން ހަވާލުކޮށްފައިވަނީ އެންމެ މަޝްރޫއު އެކެވެ. 

މި 206 މަަޝްރޫއުގެ ތެރޭން އެންމެ ގިނަ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ކްރޯލައިން ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށެވެ. އެ ކުންފުންޏަށް 11 މަޝްރޫއެއް ހަވާލުކޮށްފައިވެ އެވެ. މި މަޝްރޫއުތަކުގެ އަގު 27 މިލިއަން ރުފިޔާއަށް އަރަ އެވެ. މި ކުންފުންޏަކީ 2016 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އަދި އަގުގެ ގޮތުން އެންމެ ބޮޑު މަޝްރޫއެއް ހަވާލުކޮށްފައިވަނީ ހަތަރު ޕްރޮޖެކްޓް ހަވާލުކުރި އަލްޓެކް މޯލްޑިވްސް ކުންފުންޏެވެ. އެ ކުންފުންޏަށް ހަވާލުކުރި މަޝްރޫއުގެ އަގު 285 މިލިއަން ރުފިޔާއަށް އަރަ އެވެ. މި ކުންފުންޏަކީ 2004 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 9.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.