މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ހިތަދޫގައި 100 ހައުސިން ޔުނިޓް، ފޭދޫގައި 50 ހައުސިން ޔުނިޓް އަދި މަރަދޫގައި 50 ހައުސިން ޔުނިޓް އަޅާނެ އެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ތިން ރަށެއްގައި 200 ހައުސިން ޔުނިޓް އެޅުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ސަރުކާރުން ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ރޭ އެ ސިޓީގައި ބޭއްވި ޖަލްސާގަ އެވެ.
ހައުސިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ހިތަދޫގައި 100 ހައުސިން ޔުނިޓް، ފޭދޫގައި 50 ހައުސިން ޔުނިޓް އަދި މަރަދޫގައި 50 ހައުސިން ޔުނިޓް އަޅާނެ އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެ ސިޓީގައި ހައުސިންގެ އިތުރު މަޝްރޫއުތައް ފައްޓަވައިދެއްވާނެ ކަމަށެވެ.