ވަރަ އެކްސްޕޯގައި ސައޫދީގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު

ސައުދީ ސަފީރު ހިއްސާކުރެއްވި ހާއްސަ ވީޑިއޯ މެސެޖަކުން ވަނީ ވީހާވެސް ގިނަ ދިވެހިން ސައުދީ ސްޓޭންޑަށް ޒިޔާރަތް ކުރުމަށް ދައުވަތު ދެއްވާފަ އެވެ.

ސައުދީ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ --

މިމަހު ބާއްވާ "ވަރަ އެކްސްޕޯ" ގެ ތެރެއިން ސައުދީ އަރަބިއްޔާގައި ދިވެހިންނަށް ހުރި ފުރުސަތުތަކާއި ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ ވިދާޅުވެއްޖެ އެވެ.

ވަރަ އެކްސްޕޯ އަކީ ދިވެހިން މަސައްކަތްތަކުގައި ބައިވެރިވާ މިންވަރު އިތުރުކުރުމަށް ވަޒީފާ ހޯދާ ފަރާތްތަކާއި އެމްޕްލޯޔަރުންނާ ދިމާކުރުމުގެ މަގުސަދުގައި ބާއްވާ އިވެންޓެކެވެ.

ސައުދީ ސަފީރު ހިއްސާކުރެއްވި ހާއްސަ ވީޑިއޯ މެސެޖަކުން ވަނީ ވީހާވެސް ގިނަ ދިވެހިން މި އެކްސްޕޯގައި ހުންނަ ސައުދީ ސްޓޭންޑަށް ޒިޔާރަތް ކުރުމަށް ދައުވަތު ދެއްވާފަ އެވެ. 

މި ވީޑިއޯ މެސެޖުގައި އޭނާ ވިދާޅުވީ ސައުދީގައި ހުރި އެކިއެކި ފުރުސަތުތަކާއި ގުޅޭ މައުލޫމާތު މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނެ ކަމަށެވެ. އޭގެތެރޭގައި ތައުލީމާ، ސްކޮލަޝިޕްގެ ފުރުސަތުތަކާއި، ޓޫރިޒަމާއި، އިނޮވޭޝަންގެ ފުރުސަތުތަކުގެ މައުލޫމާތު މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން "ވިޒިޓް ސައުދީ ޕްރޮގްރާމް" އާއި ގުޅޭ އެކިއެކި މައުލޫމާތުތަކާއި ފީތަކުގެ މައުލޫމާތު ވެސް މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމު ކުރާ މި އެކްސްޕޯގައި މުވައްޒަފުންގެ ހުނަރުތައް ތަރައްގީކުރުމަށް ބޭނުންވާ ތަމްރީނާއި ތައުލީމީ ފުރުސަތުތައް ދައްކާލާނެ އެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި ޒުވާނުންނަށް މުސްތަގުބަލުގެ މަސައްކަތްތަކަށް ތައްޔާރުވުމުގެ މަގުފަހިކޮށްދޭނެ އެވެ.

މި އެކްސްޕޯގައި ޖުމްލަ ތިން ބައި ނުވަތަ ތިން ޒޯނު ހިމެނެ އެވެ. 

  •  ކެރިއާ ޒޯން - ވަޒީފާ ދޭ ކުންފުނިތަކުގެ ސްޓޯލްތަކާއި އިންޓަވިއު ކުރާނެ ސަރަޙައްދުތައް ހިމެނޭ
  •  އެޑިއުކޭޝަން ޕްރޮވައިޑާ ޒޯން - ތައުލީމާއި ތަމްރީނު ދޭ ތަންތަނުގެ މައުލޫމާތާއި، ކޯސްތަކަށް ވަގުތުން އެޕްލައިކުރުމުގެ ފުރުސަތު ލިބޭނެ
  •  ސްކިލްސް އެކްސްޕީރިއެންސް ޒޯން - ދަނޑުވެރިކަން، ކާޕެންޓްރީ، އިލެކްޓްރިކަލް މަސައްކަތް ފަދަ އަމަލީ ހުނަރުތައް ދަސްކޮށް، ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެ

ވަރަ އެކްސްޕޯ އޮންނާނީ މިމަހުގެ ހަވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް، ސެންޓްރަލް ޕާކުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.