ހުޅުމާލެއިން އަލަށް ހިއްކާ ސަރައްދުން ނަގާ އުޅަނދުތަކަށް ހަތަރު ފަޅެއް

ތިންވަނަ ފިޔަވަހީގެ ނަން ދީގެން ހިއްކާ ސަރަހައްދުގައި އަޅާފައި ހުރި ސަފާރީތަކަށް ހަމަޖެއްސީ ގުޅީފަޅާއި ކުޑަގިރި ފަޅު އަދި ތިލަފުށީ ފަޅެވެ. އަދި ދޯނި ފަހަރާއި އެހެން އުޅަނދުތަކަށް ހާއްސަ ކުރީ ގުޅިފަޅާއި ތިލަފުށި ފަޅެވެ.

ހުޅުމާލޭގައި އަލަށް ހިއްކާ ސަރައްދުން ނަގާ އުޅަނދު ތަކަށް މާލެ ކައިރިން ހަތަރު ފަޅެއް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަމަޖައްސައިދީފި އެވެ. 

ހުޅުމާލޭގައި ގޯތި ދިނުމަށް ހިއްކަމުން ގެންދާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އެޗްޑީސީ އިން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެ ކުންފުނިން ބުނި ސުންގަޑިއަކީ މިއަދެވެ. 

އެޗްޑީސީއިން މިއަދު ވަނީ މި ސަރަހައްދުގައި ހުރި އުޅަނދުތައް އަޅަން ހަތަރު ފަޅެއް ހަމަޖައްސާފައިވާ ކަމަށް ބުނެފަ އެވެ. 

އުޅަނދުތައް އަޅަން ހަމަޖެއްސި ފަޅުތައް

  •  ސަފާރީތަކަށް | ގުޅީފަޅާއި ކުޑަގިރި ފަޅު އަދި ތިލަފުށީ ފަޅު
  •  ދޯނި ފަހަރާއި އެހެން އުޅަނދުތަކަށް | ގުޅިފަޅާއި ތިލަފުށި ފަޅު

ހުޅުމާލެ ފަޅުން ތިންވަނަ ފިޔަވަހީގެ ނަމުގައި ހިއްކަން ފަށާފައި ވަނީ ގޯތިދޭށެވެ. މި ސަރަހައްދުން ޖުމްލަ 63 ހެކްޓަރު ބިން ހިއްކަން ނިންމާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.