އެމްޓީސީސީއަކީ ސަރުކާރުގެ އެންމެ ގިނަ މަޝްރޫއު ހަވާލު ވެގެން އޮތް ކުންފުންޏެވެ. އެ ކުންފުންޏަށް ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 490.33 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި އަހަރު ތިންވަނަ ކުއާޓަރުގެ ކުއާޓަލީ ހިސާބުތައް ލަސްވީ އިތުރު ވަގުތު ބޭނުންވާތީ ކަމަށާ، އެކަމަކު މި މަހުގެ 10 ވަނަ ދުވަހު ގެ ކުރިން ރިޕޯޓް ނެރޭނެ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ކުއާޓަލީ ރިޕޯޓް ލަސްވާ މައްސަލާއާ ބެހޭ ގޮތުން އެ ކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ކެޕިޓަލް މަރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޤަވާއިދާއި ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު ދަށުން މި އަހަރު ތިންވަނަ ކުއާޓާގެ ރިޕޯޓު އަދި މާލީ ހިސާބު 2025 އޮކްޓޯބަރު 31 ގެ ނިޔަލަށް ޝާއިއު ކުރަން ޖެެހެ އެވެ.
ނަމަވެސ،ް މި އަހަރުގެ ތިންވަަނަ ކުއާޓަގެ މާލީ ހިސާބު ނިންމުމުގައި އިތުރަށް ވަގުތު ބޭނުންވާތީ ކަމަށާ މި އަހަރުގެ ނިމިދިޔަ ކުއާޓަރުގެ ރިޕޯޓް އަދި މާލީ ހިސާބު އެންމެ ލަސްވެގެން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ޢާންމުކުރާނެކަން ހިއްސާދާރުންގެ މައުލޫމާތައްޓަކައި ދަންނަވާ ކަމަށެވެ.
އެމްޓީސީސީއަކީ ސަރުކާރުގެ އެންމެ ގިނަ މަޝްރޫއު ހިންގާ ކުންފުންޏެވެ. އެ ކުންފުނިން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 490.33 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 32.92 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އޮޕަރޭޓިން ޕްރޮފިޓުގެ ގޮތުގައި 49.76 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.