ބީއެމްއެލް މިއަހަރު | އަމިއްލަ ފަރާތްތަކަށް ހަ ބިިލިއަން ރުފިޔާގެ ލޯނު

ބީއެމްއެލްގެ ކުއާޓަލީ ރިޕޯޓްތައް ދައްކާ ގޮތުން މި އަހަރުގެ މިދިޔަ ނުވަ މަސް ތެރޭ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް 421.5 މިލިއަން ރުފިޔާ (ގާތްގަނޑަކަށް 6.5 ބިލިއަން ރުފިޔާ) ގެ ލޯނު ވަނީ ދޫކޮށްފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖޭގައި އޭޓީއެމް ގާއިމް ކުރަން ހިންގި މަޝްރޫއު ނިންމުމަށް ބޭއްވި ރަސްމިއްުޔާުތު -- ބީއެމްއެލް ފޮޓޯ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ މިދިޔަ ނުވަ މަސް ތެރޭ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް 421.5 މިލިއަން ރުފިޔާ (ގާތްގަނޑަކަށް 6.5 ބިލިއަން ރުފިޔާ) ގެ ލޯނު ދޫކޮށްފި އެވެ. 

ބީއެމްއެލްގެ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ މިދިޔަ ތިން ކުއާޓަރަށް ބަލާއިރު އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ދޫކުރާ ލޯނުގެ ނިސްބަތް ވަނީ އިތުރުވެފަ އެވެ. 

ތިން ކުއާޓަރުގައި އަލަށް ދޫކުރި ލޯނު

  •  ފުރަތަމަ ކުއާޓަރު - 1.7 ބިލިއަން ރުފިޔާ
  •  ދެވަނަ ކުއާޓަރު - 3 ބިލިއަން ރުފިޔާ
  •  ތިންވަނަ ކުއާޓަރު - 2.7 ބިލިއަން ރުފިޔާ

ވޭތުވެދިޔަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 475 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ބޭންކުގެ ހިންގުމުގެ ހަރުދަނާކަމާއި ކުރިއެރުން ދައްކުވައިދޭ ކަމެކެވެ. ވޭތުވެދިޔަ ކުއާޓަރގައި ބޭންކުގެ ހިގުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ހޯދާފައިވާއިރު، މިއީ ދެވަނަ ކުއާޓާއާ ދާދި އެއްވަރުގެ ނަތީޖާއެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 10 ޕަސެންޓް ކުރިއެރުމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.