ފުލުހުން ބުނީ މަރުވި މީހާ އަކީ އުމުރުން 47 އަހަރުގެ، ބަންގްލާދޭޝް މީހެއް ކަމަށެވެ.

ފުލުހުން ބުނީ މާފަންނުގައި ހުންނަ ގެއެއްގެ ވައި ގޮޅިއަށް މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު އިރުއޮއްސި 6:30 ހާއިރު ކަމަށެވެ.
އެ މީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަރުވި މީހާ އަކީ އުމުރުން 47 އަހަރުގެ، ބަންގްލާދޭޝް މީހެއް ކަމަށެވެ.
ނަމަވެސް، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމަނުކުރާތީ ސާފުވާ ގޮތެއް ނުވެ އެވެ.