ވަގަށް ނެގި ސިނގިރޭޓު ހޯދަން އާންމުން އެހީއަށް ފުލުހުން އެދިއްޖެ

ވަގަށް ނެގި ސިނގިރޭޓުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހުން ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅައިގެން އެ ވާހަކަަތައް ހިއްސާކުރަން އެދިފަ

ކަސްޓަމްސް އިން ހިފެހެއްޓި އަދި ގެއްލިފައިވާ ސިނގިރޭޓްތައް -- ކަސްޓަމަސް

އެމްޕީއެލް ޕޯޓުގައި ހުއްޓައި ދެ ސިނގިރޭޓު ކޮންޓެއިނަރު ގެއްލުވާލައި، ވަގަށް ނެގި ސިނގިރޭޓުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ރިޕޯޓް ކުރަން ފުލުހުން މިރޭ އެދިއްޖެ އެވެ.

މިއީ ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހިފެހެއްޓި ސިނގިރޭޓެވެ. މިތަކެތީގެ އަގު 13.6 މިލިއަނަށް ވުރެ މައްޗަށް އަރަ އެވެ. ގެއްލިފައި ވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. މިތަކެތި ބަހައްޓާފައި ހުރީ އެމްޕީއެލް ހުޅުމާލެ ޕޯޓުގަ އެވެ. ސިނގިރޭޓް ނެތްކަން އެނގުނީ މިމަހުގެ ނުވަވަނަ ދުވަހު އެވެ.

އެ މައްސަލާގައި މިހާތަނަށް ނުވަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އޭގެތެރެއިން ހަތް މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، ބާކީ ތިބި ދެ މީހުން ވަނީ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ހުކުރު ދުވަހު ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަހީމް 42، އާއި ސ. ހިތަދޫ، ޗާނދަނީގެ، ހުސައިން ސާމިހު 35، އަދި މާލެ، ހ. ރުމޭނިޔާގެ، އަހުމަދު ފިރުސާން 35، އެވެ. 

މި މައްސަލައިގައި ދެން ހައްޔަރު ކޮށްފައި ވަނީ؛

  • މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ
  • އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)
  • ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)
  • ކަސްޓަމްގެ އިސް މުވައްޒަފު ޒިވާރު އިސްމާއިލް
  • ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން
  • ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު

ފުލުހުން މިރޭ ވަނީ، ވަގަށް ނެގި ސިނގިރޭޓުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހުން ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅައިގެން އެ ވާހަކަަތައް ހިއްސާކުރަން އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.