ރައީސް ފުވައްމުލަކަށާއި އައްޑޫއަށް

ފުވައްމުލަކު ދަތުރުފުޅަށްފަހު އައްޑޫއަށް ވަޑައިގަންނަވާނީ މާދަމާ އެވެ. އެ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ އަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ.

ރައީސް މިއަދު ފުވައްމުލަކަށް ވަޑައިގެންނެވުމުން އެރަށުން މަރުހަބާ ދަންނަވަނީ --

ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކު ސިޓީ އަށާއި އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ފުވައްމުލަކަށެވެ. އެ ސިޓީއަށް ވަޑައިގަތުމުން ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ފުވައްމުލަކު ދަތުރުފުޅަށްފަހު އައްޑޫއަށް ވަޑައިގަންނަވާނީ މާދަމާ އެވެ. އެ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ އަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ.

ރައީސް މި ދަތުރުފުޅުގައި ވެސް ފުވައްމުލަކާއި އައްޑޫ ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވާނެ އެވެ.

މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.