މާލީ ހާލަތު ވަޒަންކުރުމަށް ބޭނުންކުރާ އެންމެ މުހިންމު މިންގަނޑު ކަމަށްވާ ޑެޓް-ޓު-އިކުއިޓީ ރޭޝިއޯ ވަނީ އެސްޓީއޯގެ ރަނގަޅުވެފަފަ އެވެ، ދެވަނަ ކުއާޓަރުގައި 1.59 ގައި ހުރިނަމަވެސް މިދިޔަ ތިންވަނަ ކުއާޓަރުގައި ހުރީ 1.47 ގަ އެވެ.

އެސްޓީއޯ އިން މިދިޔަ ތިންވަނަ ކުއާޓަރު ވެގެން ދަނީ ރަނގަޅު ނަތީޖާ ތަކެއް ހޯދި ތިން މަހަށެވެ. މިދިޔަ ތިން މަހު ވިޔަފާރީގެ ކުރިއެރުންތަކެއް ހޯދުމުގެ އިތުރުން އެ ކުންފުނީގެ މާލީ ރިޕޯޓް ހާވާލުމުން ފެންނަ މަންޒަރަކީ ކުންފުނީގެ ދަރަނީގެ ހާލަތު ވެސް ބޮޑު ތަނުން ރަނގަޅު ވެގެން ގޮސްފައިވާ ކަމެވެ.
އެސްޓީއޯގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓުގެ ނަމްބަރުތަކު އެނގޭ ގޮތުގައި މިދިޔަ ކުއާޓަރުގައި ކުންފުނީ ވަރުގަދަ ވެފަ އެވެ.
އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި މިދިޔަ ކުއާޓަރުގައި އެ ކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ ވިޔަފާރި ރަނގަޅުވެ، ވިކުނު ތެލުގެ އަދަދު އިތުރުވެފައިވުމެވެ. ހަމަ އެއާއެކު ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ވަނީ އަށް ޕަސެންޓުން އިތުރުވެފަ އެވެ.
އެސްޓީއޯ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެޔޮ ވިއްކި މިންވަރު އިތުރުވުމެވެ. މީގެ ސަބަބުން އެސްޓީއޯގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް %80 ވަނީ އިތުރުވެފަ އެވެ.
އެ ކުންފުނިން މިދިޔަ ކުއާޓަރުގައި ހަރަދު ކުޑަ ކުރަން ގިނަ ފިޔަވަޅުތަކެއް ވަނީ ނަގާފަ އެވެ. ކުންފުނީގެ މާލީ ރިޕޯޓުން އެނގޭ ގޮތުގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް ހަރަދުތައް ބެލެހެއްޓުމުގައި ފަރުވާތެރިވެފައިވެ އެވެ. އެސްޓީއޯގެ ނޮން-ފިއުލް ސެގްމެންޓްތަކުގެ ވިޔަފާރިއަށް ބަލާއިރު ބޭސްފަރުވާ އަދި އިމާރާތްކުރުމުގެ ސާމާނުން އޮޕަރޭޝަން ހަރުދަނާކޮށްފައިވެ އެވެ.
އެސްޓީއޯއިން މިދިޔަ ކުއާޓަރުގައި ނެގި ވިޔަފާރީގެ އެންމެ ދިގު ފިޔަވަޅަކީ ހުޅުމާލޭގައި "ގަލަށްވެފައި ހުރި" އެސްޓީއޯ ހޮޓާ އެޗްޑީސީއަށް 20 މިލިއަން ޑޮލަރުގެ ބިމަކަށް ލާ ޖައްސަދައި ދޫކޮށްލުމެވެ. މި ހުރިހާކަމެއްގެ ނަތީޖާއެއްގެ ގޮތުން ކުންފުނީގެ ދަރަނީގެ ހާލަތު ވަނީ ރަނގަޅުވެފަ އެވެ. މިކަން އެނގެނީ ކުންފުންޏެއްގެ މާލީ ހާލަތު ވަޒަންކުރުމަށް ބޭނުންކުރާ އެންމެ މުހިންމު މިންގަނޑު ކަމަށްވާ ޑެޓް-ޓު-އިކުއިޓީ ރޭޝިއޯ ރަނގަޅުވުވެފައިވުމެވެ. ޑެޓް-ޓު-އިކުއިޓީ ރޭޝިއޯ ކުރީ ކުއާޓަރުގައި 1.59 ގައި ހުރިނަމަވެސް މިދިޔަ ތިންވަނަ ކުއާޓަރުގައި ހުރީ 1.47 ގަ އެވެ.
މި ކުއާޓާގެ ރިޕޯޓުން އެނގޭ ގޮތުގައި އެސްޓީއޯއަށް ލިބެން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތުގެ ނަތީޖާދަނީ ފެންނަމުންނެވެ. އެ ކުންފުންޏަށް އެންމެ ބޮޑު އަދަދެއް ލިބެން ޖެހެނީ ފެނަކަ ކުންފުނިންނެވެ. ރިސީވަބަލްސް ރަނގަޅު ކުރާކަމުގެ ހެއްކަކީ ވާކިން ކެޕިޓަލް 1.5 ބިލިއަން ރުފިޔާގައި ހުރިއިރު ކަރަންޓް ރޭޝިއޯ 1.22 ގައި ހުރުމެވެ. ލި ބެންޖެހޭ ފައިސާއަކީ ކަރަންޓް އެސެޓްސްގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ބައެވެ. ވާކިން ކެޕިޓަލް އާއި ކަރަންޓް ރޭޝިއޯ ރަނގަޅުވުމަކީ ލިބެންޖެހޭ ފައިސާ ނަގައި ހިންގުމުގެ ނިޒާމު ހަރުދަނާކޮށްފައިވާކަން ނުވަތަ ވިޔަފާރި ރަނގަޅުކަން ދައްކުވައިދޭ ކަމެކެވެ.