މެރިއޮޓްގެ އޮޓޮގްރާފް ކަލެކްޝަންގެ ރިސޯޓެއް ހުޅުވައިފި

ރިސޯޓުގައި ޖުމްލަ 38 އަމިއަލަ ވިލާ ހުރެ އެވެ. ވިލާގެ ބޮޑުމިނުގައި 220 އަކަ މީޓަރުން ފެށިގެން 1,250 އަކަ މީޓަރު ހުރެ އެވެ.

މެރިއޮޓް ކުންފުނިން އޮޓޯގްރާފް ކަލެކްޝަންގެ ފުރަތަމަ ރިސޯޓް -- ދަ ހަލްސިއަން

ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓް ހިންގާ މެރިއޮޓް ކުންފުނިން އޮޓޯގްރާފް ކަލެކްޝަންގެ ފުރަތަމަ ރިސޯޓް ރާއްޖޭގައި ހުޅުވައިފި އެވެ. 

ހޮޓެލްގެ މަޝްރޫއުތަކުގެ މައުލޫމާތު ގެނެސްދޭ ޓޮޕް ހޮޓެލް ޕްރޮޕަޓީއިން ބުނި ގޮތުގައި މެރިއަޓް ބޮންވޯއި ޕޯޓްފޯލިއޯގެ ބައެއް ކަމަށްވާ "އޮޓޮގްރާފް ކަލެކްޝަން ހޮޓެލްސް" އިން ވަނީ ރާއްޖޭގައި އެ ބްރޭންޑްގެ ފުރަތަމަ ރިސޯޓް ކަމަށްވާ ދަ ހަލްސިއަން ޕްރައިވެޓް އައިލްސް މޯލްޑިވްސް އޮޓޮގްރާފް ކަލެކްޝަން' ހުޅުވަން ދަނީ ތައްޔާރު ވަމުންނެވެ. 

މި ރިސޯޓަކީ ރާއްޖޭގައި އޮޓޮގްރާފް ކަލެކްޝަން ބްރޭންޑް ތަޢާރަފުކުރި ފުރަތަމަ ފަހަރެވެ.މި ރިސޯޓުގައި ދެ ޕްރައިވެޓް އައިލެންޑް ހިމެނެ އެވެ. މިއީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (މާލެ) އިން ސީޕްލޭންގައި ގާތްގަނޑަށް 90 މިނެޓުން ދެވޭ އެވެ. 

މި ރިސޯޓަށް "ހަލްސިއަން" މި ނަން ދީފައިވަނީ ގްރީކްގެ މިތޮލޮޖީގައި އަންނަ އަލްސިއޯންގެ ވާހަކައެއްގެ މައްޗަށެވެ. މި ނަމުން ރަމްޒުކޮށްދެނީ އަމާންކަމާއި ހިތްހަމަޖެހުމުގެ ދުވަސްވަރެކެވެ. މި ރިސޯޓް ފަރުމާކޮށްފައިވަނީ 19 ވަނަ ގަރުނުގެ ދަތުރުވެރިޔާ އެޗްސީޕީ ބެލް ގެ ވާހަކަތަކުން ހިޔާލު ހޯދައިގެންނެވެ. އޭގެ ފަރުމާގައިވާ ހުޅުވާލެވިފައިވާ ތަންތަނާއި ގުދުރަތީ މާއްދާތަކާއި އަޅި-ނޫ ކުލަތަކުން ވަށައިގެންވާ ކަނޑުގެ ރީތިކަމާއި އެތެރޭގެ ޑިޒައިން ގުޅުވައިދެ އެވެ.

ވިލާތަކާއި ހިދުމަތްތައް

  •  ރިސޯޓުގައި ޖުމްލަ 38 އަމިއަލަ ވިލާ
  •  ވިލާގެ ބޮޑުމިން: 220 އަކަ މީޓަރުން ފެށިގެން 1,250 އަކަ މީޓަރު
  •  އައިލެންޑް ވިލާ: ސީދާ ގޮނޑުދޮށަށް ނިކުމެވޭ ގޮތަށް ހުންނަ ވިލާތައް
  •  އޯވަވޯޓާ ވިލާ: ފަޅުތެރެއަށް ފައިބައިލެވޭނެ ގޮތަށް ހުންނަ ވިލާތައް
  •  ދެ ކޮޓަރީގެ އޯޝަން ވިލާ: ޢާއިލާތަކާއި ގްރޫޕްތަކަށް ހާއްސަ

އޮޓޮގްރާފް ކަލެކްޝަން ހޮޓެލްސް އަކީ މެރިއަޓް ބޮންވޯއިގެ ޕޯޓްފޯލިއޯގެ ތެރޭގައި ހިމެނޭ ވަރަށް ހާއްސަ ބްރޭންޑެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.