ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ކުޅުދުއްފުށީގައި ހުޅުވައިފި

މި ބިނާ ރަސްމީކޮށް ހުޅުވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި، ޝަހީދު ހުސައިން އާދަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު އާދަމްގެ އިތުރުން އާއިލީ ބައެއް ބޭފުޅުންނެވެ.

ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ ހަނދާނުގައި ހދ. ކުޅުދުއްފުށީގައި ހުޅުވި ބިނާ --

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ގައުމަށްޓަކައި ޝަހީދުވި، ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ ހަނދާނުގައި، އޭނާގެ އުފަން ރަށް ހދ. ކުޅުދުއްފުށީގައި ހަނދާނީ ބިނާއެއް މިއަދު ހުޅުވައިފި އެވެ.

މި ބިނާ ރަސްމީކޮށް ހުޅުވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި، ޝަހީދު ހުސައިން އާދަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު އާދަމްގެ އިތުރުން އާއިލީ ބައެއް ބޭފުޅުންނެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ އެ ބިނާއަކީ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ގައުމަށްޓަކައި ފުރާނައިން ގުރުބާންވެވަޑައިގެންނެވި ރާއްޖޭގެ ބަތަލް، ޝަހީދު ހުސައިން އާދަމްގެ މަތިވެރި ގުރުބާނީ އާއި ހިތްވަރުގެ ހަނދާން ދިރުވުމުގެ ގޮތުން އެ ކައުންސިލުން ބިނާކުރި ހަނދާނީ ބިނާއެއް ކަމަށެވެ.

އޭރުގެ ރާއްޖޭގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަން ބަޣާވާތަކުން ވައްޓާލަން ދިން މި ޓެރަރިސްޓު ހމަލާގެ އިސް ލީޑަރެއްގެ ގޮތުގައި ހުރީ މިހާރު ޖަލު އަދަބުން މިނިވަންވެފައިވާ ބާގީ އަބްދުﷲ ލުތުފީ އެވެ. އަދި މި ކަމުގައި ދިވެހިންގެ މަދު ބައެއްގެ ބައިވެރިވުންވެސް ހިމެނެ އެވެ. މި އޮޕަރޭޝަން އެކްސެކިއުޓް ކުރުމުގެ ޒިންމާ އޮތީ ލަންކާގައި އޭރު ބާރުގަދަކޮށް އޮތް ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓަމިލް އީލަމް (ޕްލޮޓް) ޖަމާއަތުގެ ތަމްރީން ލިބިފައިވާ ކުލީ ސިފައިންގެ ގްރޫޕަކަށެވެ. 

ހަމަލާތައް ފެށުމާއެކު މިހާރުގެ އެމްއެންޑީއެފް އަދި އޭރުގެ އެންއެސްއެސްގެ މައި އަސްކަރީ މަރުކަޒު ކަމަށްވާ ބަންޑާރަކޮށިން ރައްދުގައި ހަމަލާތައް ފެށި އެވެ. ތަމަޅައިގެން ގޭޓުން އެތެރެއަށް ވަންނަން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުކޮށްލި އެވެ.

ތަމަޅައިގެން ކުއްލި ހަމަލާ އަށް ފުރަތަމަ ރައްދު ދެއްވާފައިވަނީ މައި ގޭޓުގެ ފޯރި އަށް އޭރު ހުންނެވި ޝަހީދު ކޯޕްރަލް ހުސެއިން އާދަމް އެވެ. އެ މަނިކުފާނު ރައްދުގައި ދިން ހަމަލާގެ ނަތީޖާއަކަށްވީ ސިފައިންނަށް ތައްޔާރު ވާން ފުރުސަތު ލިބުމެވެ. ފުރިހަމައަށް އަސްކަރީ ތަމްރީން ލިބިގެން ތިބި މަދު ބަޔަކު ހިމެނޭ އޭރުގެ ދިވެހި އަސްކަރިއްޔާ ތައްޔާރުވެ، ފުރިހަމަ ރައްދެއް ދެވުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.