ނަސްރުގެ ދުވަހުގެ ހާއްސަ ޝަރަފުގެ އައްޑަނަ މައުމޫނަށް އަރުއްވައިފި

ރައީސް މައުމޫނަށް މިއަދު މި އައްޑަނަ އަރުއްވާފައި ވަނީ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް މައުމޫނަށް ޝަރަފުގެ އައްޑަނަ އަރުއްވަނީ --

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނައެއް މިއަދު އަރުއްވައިފި އެވެ.

ރައީސް މައުމޫނަށް މިއަދު މި އައްޑަނަ އަރުއްވާފައި ވަނީ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި ހާއްސަ އައްޑަނަ އެރުއްވުމަށް ނިންމީ ނޮވެންބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލައިގައި އޭރުގެ ރައީސް މައުމޫން ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

މި އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން އަށް ބޭފުޅަކު ޝަހީދުވެފައިވާއިރު، އާންމުންގެ ތެރެއިން 11 ބޭފުޅުން ޝަހީދުވި އެވެ.

މިއަދު އޮތް ޖަލްސާގައި، ޝަހީދުވި ބޭފުޅުންގެ އާއިލާތަކަށް ވެސް ރައީސް ވަނީ ޝަރަފުގެ އައްޑަނަ އަރުއްވާފަ އެވެ. އެބޭފުޅުންނަށް މި އައްޑަނަ އެރުއްވީ އެ ބޭފުޅުންގެ ހިދުމަތުގެ އަގު، ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް މައުމޫންގެ އާއިލާއާއެކު --

ރައީސް މައުމޫންގެ ވެރިކަން ބަޣާވާތަކުން ވައްޓާލަން ދިން މި އަނިޔާވެރި އަމަލާގެ އިސް ލީޑަރެއްގެ ގޮތުގައި ހުރީ މިހާރު ޖަލު އަދަބުން މިނިވަންވެފައިވާ ބާގީ އަބްދުﷲ ލުތުފީ އެވެ. އަދި މި ކަމުގައި ދިވެހިންގެ މަދު ބައެއްގެ ބައިވެރިވުންވެސް ހިމެނެ އެވެ. މި އޮޕަރޭޝަން އެކްސެކިއުޓް ކުރުމުގެ ޒިންމާ އޮތީ ލަންކާގައި އޭރު ބާރުގަދަކޮށް އޮތް ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓަމިލް އީލަމް (ޕްލޮޓް) ޖަމާއަތުގެ ތަމްރީން ލިބިފައިވާ ކުލީ ސިފައިންގެ ގްރޫޕަކަށެވެ. 

ހަމަލާތައް ފެށުމާއެކު މިހާރުގެ އެމްއެންޑީއެފް އަދި އޭރުގެ އެންއެސްއެސްގެ މައި އަސްކަރީ މަރުކަޒު ކަމަށްވާ ބަންޑާރަކޮށިން ރައްދުގައި ހަމަލާތައް ފެށި އެވެ. ތަމަޅައިގެން ގޭޓުން އެތެރެއަށް ވަންނަން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުކޮށްލި އެވެ.

ތަމަޅައިގެން ކުއްލި ހަމަލާ އަށް ފުރަތަމަ ރައްދު ދީފައިވަނީ މައި ގޭޓުގެ ފޯރި އަށް އޭރު ހުންނެވި ޝަހީދު ކޯޕްރަލް ހުސެއިން އާދަމް އެވެ. އެ މަނިކުފާނު ރައްދުގައި ދިން ހަމަލާގެ ނަތީޖާއަކަށްވީ ސިފައިންނަށް ތައްޔާރު ވާން ފުރުސަތު ލިބުމެވެ. ފުރިހަމަ އަށް އަސްކަރީ ތަމްރީން ލިބިގެން ތިބި މަދު ބަޔަކު ހިމެނޭ އޭރުގެ ދިވެހި އަސްކަރިއްޔާ ތައްޔާރުވެ، ފުރިހަމަ ރައްދެއް ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.