ކޮޅުވެއްޓިއަށް އެރުވި މުދާ ހުރީ އިންޝުއަރެންސް ކޮށްފައި

މި ހާދިސާ ހިނގިގޮތުގެ ތަހުގީގު ފުލުހުން ކުރަމުން ގެންދާއިރު، ހާދިސާގައި ދެ މީހަކު ވަނީ މަރުވެފަ އެވެ.

ކޮޅުވެއްޓި އެކްސްކަވޭޓަރުތަކާއެކު ފޮރޮޅާލަނީ

އެމްޕީއެލް ސަަރަހައްދުން ކްރޭންތަކެއް ކޮޅުވެއްޓިއަކަށް އަރުވަން އުޅެނިކޮށް އިއްޔެ ނުރާއްކާތެރި ހާދިސާއެއް ހިނގިިއިރު، ކޮޅުވެއްޓިއަށް އެރުވި ހުރިހާ މުދަލެއް ހުންނާނީ އިންޝުއަރަރެސް ކަމަށް ކޮޅުވެއްޓީި ނިސްބަތްވާ ކުންފުނިން ބުނެފި އެވެ.

މާލެ ވިޔަފާރި ބަނދަރުގެ ބޭރުގައި އޮތް ބޯޓަކުން ދެ އެކްސްކަވޭޓަރު ކޮޅުވެއްޓިއަކަށް އަރުވަން މަސައްކަތް ކުރީ ލޮޖިސްޓިކް ހިދުމަތްދޭ ކުންފުނެއް ކަމަށްވާ އައި އެންޑް ސީ ޕްރައިވެޓް ލިމިޓެޑު ކުންފުނިންނެވެ. 

އައި އެންޑް ސީ ޕްރައިވެޓް ލިމިޓެޑު ކުންފުނީގެ އިސްވެރިއަކު "މިރާ" އަށް ވިދާޅުވި ގޮތުގައި ކޮޅުވެއްޓިއަށް އަރުވާފައިވަނީ ދެ އެކްސްކަވޭޓަރު ކަމަށާ ކްރޭންގެ އިތުރުން އުޅަނދު ވެސް ހުންނާނީ އިންޝުއަކޮށްފަ އެވެ.  އަދި ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައި ހުރިހާ ސެޓްފިކެޓް ތަކެއް ވެސް ހަމަވާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. 

އޭނާ ވިދާޅުވީ ހާދިސާ ތަހުގީގު ކުރަމުން ގެންދާތީ އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް އެ ގަޑިއަކީ މޫސުން ވެސް ރަނގަޅު އަދި އެ މަސައްކަތް ކުރުމުގައި ވެސް ބޮޑު މައްސަލައެއް ފާހަގަ ވެފައި ނެތްކަން އޭނާ ފާހަަގަ ކުރެއްވި އެވެ.

ކްރޭން އަރުވަން އުޅެނިކޮށް ކޮޅުވެއްޓި ފުރޮޅާލި ހާދިސާ ހިނގިއިރު އެ އުޅަނދުގައި 14 މީހުން ތިއްބެވެ. މީގެތެރޭން ދެ މީހަކު ވަނީ މަރުވެފަ އެވެ. އެއީ އެމްޕީއެލްގައި މަސައްކަތް ކުރާ ބިދޭސީއެއް ކަމަށްވާ ބަންގްލަދޭޝަށް ނިސްބަތްވާ، މައުސޫދު ހޮސައިން 32، އާއި އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ގއ. ގެމަނަފުށި، ދިލްބަހާރުގެ، އަލީ އަފްލާހް އަބްދުﷲ 25، އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.