ބަޑި ބުރާސްފަތި ދުވަހުގެ މެންދަމު އެރި ޓެރެރިސްޓުންގެ އިސް ކޮމާންޑަރުން އިރު އެރިއިރު މަރުވެ އެ މީހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލުނެވެ. އިންޑިއާ ސިފައިން އައީ އޭގެފަހުންނެވެ. އެމީހުން ހަތިޔާރު ބޭނުން ކުރާކަން ނުޖެހެ އެވެ.

ފަތިސް ވެގެން އައިއިރު ޕޮޓް ޖަމާއަތުގެ އިސް ކޮމާންޑަރު ހަމަލާތަކުގައި މަރުވެއްޖެ އެވެ. އެކްސްޕްލޯސިވް ސްޕެޝަލިސްޓާއި އިސް ކޮމާންޑަރު ވަސަންތީ ސިފައިންގެ ފާރު ބުޑުގައި ލެޔާ ތަތްތެޅިފައި އޮތްތަން ބާގީންނަށް ފެނި ގޮތް ހުސްވި އެވެ. މިއީ 3، ނޮވެމްބަރު 1988 ދުވަހުގެ ހަމަލާ ބަދަލުވި އެއް ޓާނިން ޕޮއިންޓް އެވެ. ބާގީންގެ ހިތަށް ބިރުވެރިކަން ވަތް އަނެއް ހާދިސާއަކީ ސިފައިންގެ ޓީމެއް ހަތިޔާރާއެކު ބޭރަށް ނުކުތުމެވެ. ވަށައިގެން ހަމަލާ ދެމުން ދިޔަ މިވަގުތު ސިފައިންގެ މި ހިތްވަރުގަަދަ އަމަލުވީ ތަމަޅައިން ބަލިވެއްޖެކަން ޔަގީން ކުރުވި ހާދިސާއަކަށެވެ. ބަޑި ބުރާސްފަތި ދުވަހު އިންޑިއާ ސިފައިން މި ހަމަލާގައި ކޮށްދިން ކަމަކީ ރަހީނުން މިނިވަން ކުރަން ގޯދާވަރީން ހިންގި އޮޕަރޭޝަނެވެ.
ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ އިރުއޮއްސުމާއެކު މުޅި މާލެ "ނިދައިފި" އެވެ. އޭރުގެ ކަންކަން އޮންނަ ގޮތުން މިހާރު މާލޭގައި އޮންނަވަރުގެ އާބާދީއެއް ނޯވެ އެވެ. މިހާރު ކެފޭތަކުގަ އޮންނަ ޒާތުގެ ސައި ޕާޓީތަކާއި ޝީޝާ ލައުންޖުތަކުގައި މަޖާ ނެގުމަށް ވެސް ނޯވެ އެވެ. އެހެންވެ ރޭވުމާއެކު އެންމެން ގެއަށް ވަދެ ދޮރު ތަޅުލައިގެން ނިދަނީ އެވެ. މަގެއްގެ މަތީގައި އުޅުނަސް ލާނެތް މަދު ޒުވާން ކުއްޖަކު އުޅެދާނެ އެވެ. އެހެންވެ 3، ނޮވެމްބަރު 1988 ދުވަހު މެންދަން ވެގެން އައިއިރު މާލެ އޮތީ އާއްމު އުސޫލުން ނިދާފަ އެވެ. ނަމަވެސް މާލޭގެ ހަމަހިިމޭންކަން ފޫއަޅުވާލީ "އެންމެ ވަޒަނެއް" ގޮވި އަޑުންނެވެ. އޭގެ މާގިނައިރު ތަކެއް ނުވެ އޭރުގެ ސިފައިންގެ މައި މަރުކަޒުގެ މައިދޮރަށް އަމާޒުކޮށް ފުރޭންޏަކުން ފުރާނާލާހެން ވަޒަންތައް އަރަން ފެށި އެވެ. ބޭރުން ބަޔަކު އަރައި ސިފައިންގެ އަށް ހަމަލާ ދޭން ފެށީ އެވެ. މި އަދަދަކީ މަޝްހޫރު ބަޑި ބުރާސްފަތި، ދިވެހިންގެ ނަސްރުގެ ދުވަސް ކަމަށްވާ 3، ނޮވެމްވަރު 1988 ވަނަ ދުވަހު އޮޅުދޫކަރައިގެ ތަމަޅަ ކުލީ ސިފައިން ބަޔަކާއި ދިވެހިންގެ ހާއިނުން ތަކެއް ދިން އަނިޔާވެރި ޓެރެރިސްޓް ހަމަލާއަށް 37 އަހަރު ފުރުނު ދުވަހެވެ.
އޭރުގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަން ބަޣާވާތަކުން ވައްޓާލަން ދިން މި އަނިޔާވެރި އަމަލާގެ އިސް ލީޑަރެއްގެ ގޮތުގައި ހުރީ މިހާރު ޖަލު އަދަބުން މިނިވަންވެފައިވާ ބާގީ ޢަބްދުﷲ ލުޠުފީ އެވެ. އަދި މި ކަމުގައި ދިވެހިންގެ މަދު ބައެއް ދިވެހިންގެ މަދު ބައެއްގެ ބައިވެރިވުންވެސް ހިމެނެ އެވެ. މި އޮޕަރޭޝަން އެކްސެކިއުޓް ކުރުމުގެ ޒިންމާ އޮތީ ލަންކާގައި އޭރު ބާރުގަދަކޮށް އޮތް ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓަމިލް އީލަމް (ޕްލޮޓް) ޖަމާއަތުގެ ތަމްރީން ލިބިފައިވާ ކުލީ ސިފައިންގެ ގްރޫޕަކަށެވެ.

ހަމަލާތައް ފެށުމާއެކު މިހާރުގެ އެމްއެންޑީއެފް އަދި އޭރުގެ އެންއެސްއެސްގެ މައި އަސްކަރީ މަރުކަޒު ކަމަށްވާ ބަންޑާރަކޮށިން ރައްދުގައި ހަމަލާތައް ފެށި އެވެ. ތަމަޅައިގެން ގޭޓުން އެތެރެއަށް ވަންނަން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުކޮށްލި އެވެ. ތަމަޅައިގެން ކުއްލި ހަމަލާ އަށް ފުރަތަމަ ރައްދު ދީފައިވަނީ މައި ގޭޓުގެ ފޯރި އަށް އޭރު ހުންނެވި ޝަހީދު ކޯޕްރަލް ހުސެއިން އާދަމް އެވެ. އެ މަނިކުފާނު ރައްދުގައި ދިން ހަމަލާގެ ނަތީޖާއަކަށްވީ ސިފައިންނަށް ތައްޔާރު ވާން ފުރުސަތު ލިބުމެވެ. ފުރިހަމަ އަށް އަސްކަރީ ތަމްރީން ލިބިގެން ތިބި މަދު ބަޔަކު ހިމެނޭ އޭރުގެ ދިވެހި އަސްކަރިއްޔާ ތައްޔާރުވެ، ފުރިހަމަ ރައްދެއް ދީފަ އެވެ.
މި ފަދަ ކުއްލި ނުރައްކާތެރި ވަގުތުތަކުގައި އެމެރިކާ ފަދަ ހާއްސަ ފައުޖުތައް އޮންނަ ގައުމުތަކުގެ ސިފައިންނަށް މިހާރު ވެސް ހެދޭ ގޯސްތައް އެދުވަހު ދިވެހި ސިފައިންގެ ފަރާތުންވެސް ފެނުނެވެ. ހަމަލާތައް ފެށުމާއެކު މަދުވަގުތު ކޮޅެއްގެ ތެރޭގައި ބަޑި ގުދަން ހުޅުވައި މެޝިންގަން ފަދަ ބަރު ހަތިޔާރުތައް ސިފައިންގެ އަތަށް އެރުމާއެކު ހަމަލާތައް ވަރުގަދަ ކުރި އެވެ.
މި ހަމަލާތަކުގައި އިރު އެރުމުގެ ކުރިން ޕްލޮޓް ޖަމާއަތުގެ އިސް ކޮމާންޑަރު ވަސަންތީ މަރާލި އެވެ. ސިފައިން ދިން ހަމަލާގައި އޭނާ މަރުވެގެން ވެއްޓިފައި އޮތީ ބަނޑޭރިގޭ ފާރު ދަށުގަ އެވެ. ވަސަންތީއަކީ މި ހަމަލާގެ އިސް ކޮމާންޑަރެވެ. އަދި ގޮވާ ތަކެތީގެ ދެ މާހިން ވެސް ދިވެހި ސިފައިން މަރާލި އެވެ. ނަތީޖާއަކަށްވީ ތަމަޅައިގެންގެ "ކޮމާންޑް އެންޑް ކޮންޓްރޯލް" ގެއްލި އެ މީހުން ބައިބައިވެ ވާނުވާއަށް ދިއުމެވެ.
ހަތިޔާރު އަތުގައި ހުއްޓަސް އެ މީހުން ގާތްގަނޑަކަށް ބަލިވުމެވެ. އެ މީހުންގެ ކޮމާންޑް ގެއްލިފައި ވަނިކޮށް ސިފައިންގެ ބަޔަކު ސިފައިންގެ ތެރެއިން ބޭރަށް ނުކުތެވެ. ބޭރަށް ނުކުތް ޓީމުގައި އިސްކޮށް ހަރަކާތެރިވީ ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރެއްވި ގައުމީ ބަތޮލް މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ (ހުރަވީ ރަން މެޑަލް) އާއި ޕާޕަލް ހާޓް (ޖިހާދުގޭ ރަން މެޑަލް) ލިބިވަޑައިގެންފައިވާ މޫސާ އަލީ ޖަލީލް އެވެ. ނަތީޖާ އަކަށްވީ ބާގީން އިތުރަށް ބިރުގަނެ ގާތްގަނޑަކަށް ހުސްވުމެވެ. ނަތީޖާއަކީ މި ބިރުވެރިކަމާއި ދިގު ދަތުތެއް ކޮށްފަ އައުމުން ވެފައިވާ ވަރުބަލިކަމުގައި އެ މީހުން ގޮތް ހުސްވެ މާލޭގެ ފިހާރަތައް ލޫޓުވައި ކާނެ އެއްޗިހި ހޯދަން ފެށުމެވެ.

މި ބިރުވެރިކަމުގައި ތިއްބައި މާލެ މަތިން ހަނގުރާމަމަތީ ބޯޓެއް ކުރުކާލި ކަނޑަން ފެށި އެވެ. މިއާއެކު އިންޑިއާ ސިފައިން އަންނަ ހަބަރު ބާގީއަށް ލިބި އެ މީހުން ފިލަން މަސައްކަތް ފެށި އެވެ. އަދި މާލެ ބަނދަރުގައި އޮތް މިފްކޯގެ ޕްރޮގްރެސް ލައިޓް ކިޔާ ބޯޓަކަށް ރަހީނުކޮށްފައި ތިބި މީހުން އަރުވައިގެން އެ މީހުން ގާދޫ ކޮލުން - މިހާރު ހުޅުމާލެ ބްރިޖު- އަޅާފައިވާ ތަނުން ނުކުމެގެން ފިލަން މަސައްކަތް ކުރި އެވެ.
މި ބޯޓު މާލެ ފަޅުން ނުކުމެގެން ދިޔައިރު ދިވެހިންނަށް އެހީވާން އައި އިންޑިއާ ސިފައިން ތިބީ ހުޅުލޭގަ އެވެ. އެ މީހުން އަތުގައި ބަރު ހަތިޔާރު ހުއްޓެވެ. މި ބޯޓު ނުކުމެގެން ދާތަން ފެނުމާއެކު ހުޅުލެ އަށް ފައިބާހުރި އިންޑިއާ ސިފައިންގެ ކޮމާންޑަރު އަތުގައި އޮތް ލުއި ހަތިޔާރަކުން ބޯޓަށް ހަމަލާއެއް ދިން ކަމަށްވެ އެވެ. މިއީ ބޭރުގެ އަސްކަރިއްޔާ އަކުން މި ދުވަހު ބޭނުން ކުރި ހަމައެކަނި ވަޒަނެވެ.
ރާއްޖޭން ގެންދިޔަ ރަހީނުން ސަލާމަތް ކުރުމުގައި އެންމެ ބޮޑަށް އެހީތެރިވީ އިންޑިއާ ސިފައިން ނެވެ. އިންޑިއާގެ ގޯދާވަރީގެ ނަން ދީފައިވާ މަނަވަރު ގޮސް ޕްރޮގްރެސް ލައިޓުގައި ތިބި ދިވެހިން ސަލާމަތްކޮށް ބާގީން ހައްޔަރު ކުރި އެވެ. މި ހަމަލާގައި ދިވެހިންގެ ބަޔަކު ވެސް އެ ބޯޓުގައި ވެސް ޝަހީދުވި އެވެ. އެއަށްފަހު އިންޑިއާ ސިފައިން ރާއްޖޭގައި ދެ އަހަރެއްހާ ދުވަހު ތިއްބެވެ.
މިއަދު އެ ހާދިސާ އަށް 37 އަހަރު ފުރުނީ އެވެ. މިއީ އެ ބިރުވެރި ދުވަސް ހިނގިތާ 444 މަސް ކުރި އެވެ. މިއީ އެ ހާދިސާ ހިނގިތާ 32،000 އެތައް ގަޑިއެއް ކުރި އެވެ.