އައްޑޫ ކަސްޓޯޑިއަލަށް ޑްރަގު ވައްދަން އުޅުނު ފުލުހަކަށް ދައުވާކޮށްދޭން އެދިއްޖެ

އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައި

ފުލުހުންގެ މައި އިދާރާ

އައްޑޫ ހިތަދޫ ޕޮލިސް ކަސްޓޯޑިއަލަށް ޑްރަގު ވައްދަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ފުލުހަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން މިއަދު ބުނީ، ޕޮލިސް ކޮންސްޓެބަލް ސ. ހިތަދޫ، ފުނަގެ، މުހައްމަދު ނައުފް ނަސީމް، 25، އައްޑޫ ހިތަދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ވެއްދުން މަނާ ތަކެތި ވައްދަން އުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އޭނާ ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައި ވާތީ، އެ ރޭ އޭނާ ހައްޔަރުކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާ ފުރަތަމަ 15 ދުވަހަށް ބަންދު ކުރިނަމަވެސް، ބަންދުގެ މުއްދަތު މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހަމަވުމުން ކޯޓުން އޭނާ ގެއަށް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ވަޒީފާއިން އޭނާ ސަސްޕެންޑުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.