"މިއީ ވަރަށް ފިނި އަދި އެހާމެ އިސްރާފުކަން ބޮޑު ކަމެއް،" ނަޝީދު އެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އެއާކޮންޑިޝަންތައް މާ ފިނިގަދަކޮށްފައި ބަހައްޓާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މިއަދު ހެނދުނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ވީއައިއޭގެ ފިނި ޓެމްޕަރޭޗާ ބަހައްޓާފައި ހުރީ 15 ޑިގްރީ ސެލްޝިއަސްގައި ކަމަށެވެ.
"މިއީ ވަރަށް ފިނި އަދި އެހާމެ އިސްރާފުކަން ބޮޑު ކަމެއް،" ނަޝީދު އެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެ އެވެ.
ނަޝީދު ވިދާޅުވީ އެއާޕޯޓްގެ ފިނި ހޫނުމިން ބަހައްޓަން އެންމެ ރަގަޅީ 20 އާއި 25 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ކަމަށެވެ.
ނަޝީދުގެ އެޕޯސްޓަށް ކޮމެންޓް ކުރި ގިނަ މީހުން ވަނީ އެކަމަށް ތާއީދު ކޮށްފަ އެވެ. އޭގެ ސަބަބުން އެއާޕޯޓް ބޭނުން ކުރާ އާންމުންނަށް އުނދަގޫވެ އަދި ކަރަންޓު ބިލު ބޮޑުވުން ފަދަ ކަންކަން ދިމާވާނެ ކަމަށް އެމީހުން ބުނެފައިވެ އެވެ.