މި އަހަރު ބަޖެޓުން އިނާޔަތް ދޭން 21 މިލިއަން ރުފިޔާ ހަރަކޮށްފައިވެ އެވެ. އަދި އަންނަ އަހަރު މި އަދަދު ހުންނާނީ 19.7 މިލިއަން ރުފިޔާގަ އެވެ.

ކުރީގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް އިނާތް ދިނުމަށް އަންނަ އަހަރަށް 19.7 މިލިއަން ރުފިޔާ ބަޖެޓުކޮށްފި އެވެ.
އަންނަ އަހަރުގެ ބަޖެޓުން އެނގޭ ގޮތުގައި ކުރީގެ ރައީސްކަން ކުރައްވައި މިހާރު ދުނިޔޭގައި ތިއްބެވި ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ރައީސް އަބްދުﷲ ޔާމީން އަދި ރައީސް މުހައްމަދު ނަޝީދު އާއި ރައީސް މުހައްމަދު ވަހީދު ހަސަން އަދި ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އިނާޔަތް ދޭނެ އެވެ.
އެ އިނާޔަތަށް މި އަހަރު 21 މިލިއަން ރުފިޔާ ހަރަކޮށްފައިވެ އެވެ. އަދި އަންނަ އަހަރު މި އަދަދު ހުންނާނީ 19.7 މިލިއަން ރުފިޔާގަ އެވެ.
ގާނޫނުން އިނާޔަތް - ރާއްޖޭގެ ކުރީގެ ރައީސުންނަށް ލިބިދޭ އިނާޔަތްތައް ކަނޑައަޅާފައިވަނީ ކުރީގެ ރައީސުންގެ އިނާޔަތްތަކާބެހޭ ގާނޫނުގެ ދަށުންނެވެ. މި ގާނޫނުގެ ދަށުން މަހުފީ (ޕެންޝަން) 50,000 ރުފިޔާ، އެކަކަށްވުރެ ގިނަ ދައުރު ފުރިހަމަކޮށްފައިވާ ރައީސުންނަށް -/75,000 ރުފިޔާ ލިބޭނެ އެވެ. އަދި ދިރިއުޅުމުގެ ހަރަދަށް 50,000 ރުފިޔާ ދޭނެ އެވެ. އަދި އެއް ދައުރަށްވުރެ ގިނަ ދައުރުފުރިހަމަ ކޮށްފައިވާނަމަ އިތުރު ބައި ލައްކަ ރުފިޔާ ލިބޭނެ އެވެ. އަދި އޮފީސް ހަރަދުގެ ގޮތުގައި އެއް ދައުރުފުރިހަމަކޮށްފައިވާ ރައީސުންނަށް 175,000ރ. އަދި ގިނަނަމަ އިތުރު 175,000ރ. ދޭނެ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ކުރީގެ ރައީސުންނަށް ލިވިން އެލަވަންސް ދިނުމަށް 10.5 މިލިއަން ރުފިޔާ އަދި ބޭސް ފަރުވާއަށް ދޭ ފައިސާގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވެ އެވެ.