ސިވިލް ކޯޓުގެ ހުކުމާއެކު އެމްއެލްއެސްޑީޕީ އަލުން އިއާދަކޮށްފި

ކޯޓުހުކުމާއެކު އެ ޕާޓީ އަލުން ދަފްތަރުގައި ހިމަނާފައިވާއިރު، އެ ޕާޓީގައި މިހާރު ތިބީ 1874 މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަން

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން، އެ ޕާޓީ އަލުން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި އެވެ.

އެމްއެލްއެސްޑީޕީ އަކީ ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށް ހުއްދަ ދީގެން، 2018 ވަނަ އަހަރު އުފެއްދި ސިޔާސީ ޕާޓީއެކެވެ. އެ ޕާޓީގައި 3،000 މެންބަރުން ހަމަނުވާތީ ޕާޓީ އުވާލިކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނު ކުރީ މާޗު 15، 2023 ގަ އެވެ.

އީސީއިން އޭރު ބުނެފައި ވަނީ އެމްއެލްއެސްޑީޕީ އުވާލީ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި، އެ އަދަދަށް މެންބަރުން ހަމަކޮށްފައި ނުވާތީ ކަމަށެވެ. 

ނަމަވެސް އެ ޕާޓީން ބުނެފައި ވަނީ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކުރަން އީސީން އެކަށީގެންވާ މުއްދަތު ދީފައި ނުވާ ކަމަށެވެ. ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އީސީގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.

ސިވިލް އެ ކޯޓުން މައްސަލަ ނިންމާފައި ވަނީ އެ ޕާޓީއާ އެއްކޮޅަށެވެ.

އެހެންކަމުން، އީސީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ވަނީ ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން އެ ޕާޓީ އަލުން އިއާދަކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެ ޕާޓީ އަލުން ހިމަނާފައިވާ ކަމަށެވެ.

ކޯޓުހުކުމާއެކު އެ ޕާޓީ އަލުން ދަފްތަރުގައި ހިމަނާފައިވާއިރު، އެ ޕާޓީގައި މިހާރު ތިބީ 1874 މެންބަރުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.