ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ދައްކައި ޖިންސީ ގޯނާ ކުރި ޓީޗަރަކު ހައްޔަރަށް

އެ މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހު އުމުރުން 40 އަހަރުގެ އެ ޓީޗަރު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.

ދިވެހި ފުލުހުންގެ އިދާރާ -- ދަ މިރާ

ސްކޫލެއްގެ ފިރިހެން ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި، ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެހި ޓީޗަރަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ޓީޗަރަކު، އެ ސްކޫލުގެ ފިރިހެން ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހު އުމުރުން 40 އަހަރުގެ އެ ޓީޗަރު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.