ކަށިމިޔަރު ތެލުގެ މާކެޓު 2024 ވަނަ އަހަރު ހުރީ ގާތްގަނޑަކަށް 170 މިލިއަން ޔޫ.އެސް ޑޮލަރުގަ އެވެ. މި ތެލަކީ ޒީނަތްތެރިވުމާއި ބޭސްވެރިކަމުގައި ބޭނުންކުރާ އެއް ބާވަތެވެ. ކޮލިޓީ ރަނގަޅު އުރަހަ ކިލޯއެއްގެ އަގު ހުރީ 400 ޑޮލަރަށެވެ.

އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް އިއްޔެއިން ފެށިގެން ވަނީ ސަރުކާރުން ހުއްދަ ދީފަ އެވެ. މި ހުއްދަ ދިންއިރު މިއީ ދުނިޔޭގެ ބާޒާރުގައި ބޮޑު އަގެއް ލިބޭ ބާވަތެވެ. ދުނިޔޭގެ ބާޒާރުގައި ކަށިމިޔަރުގެ ތެޔޮ 60 އާއި 120 ކެޕްސޫލް ފުޅިއެއްގެ އަގު ހުރީ 35 ޑޮލަރު، ގާތްގަނޑަކަށް 540ރ. އަށެވެ. އެހެންވެ މިއީ މިހާރު ރާއްޖޭން އެކްސްޕޯޓް ކުރާ ދަޅު މަހަށްވުރެ ވެސް ބޮޑު އަގެއް ދުނިޔޭގައި ލިބޭ މަސްވެރިކަމުގެ އުފެއްދުމެކެވެ.
ކަށިމިޔަރު ނުވަތަ ގުލްޕާ ޝާކު ތެލަކީ މުޅި ދުނިޔޭގެ ބާޒާރުގައި ބޮޑު ޑިމާންޑެއް އޮތް ބާވަތެވެ. މި ބާވަތުގެ މިޔަރުން މިއީ މައިގަނޑު ގޮތެއްގައި މި މިޔަރުގެ މޭގަނޑުންނެވެ. ކަށިމިޔަރުގެ ތެލުގައި ހުންނަ "ސްކުއަލީން" ކިޔާ މާއްދާގެ ސަބަބުން މީގެ އަގު އިންތިހާ އަށް މަތިވެ އެވެ. މިއީ ފެޓް ގެ ބާވަތެކެވެ. ކަށިމިޔަރުގައި 80 ޕަސެންޓުގައި މި ބާވަތް ހުންނަ ކަމަށްވެ އެވެ. އަގު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ މި އެވެ.
ކަށިމިޔަރު ތެލަކީ ބޭސްވެރިކަމާއި ފާމަސޫޓިކަލްސް އިންޑަސްޓްރީ އަދި ކޮންސްމެޓިކްސްގެ ބާޒާރުގައި އަގު ހުރި އުފެއްދުމެކެވެ.
ދުނިޔޭގެ މަަޝްހޫރު މޮއިސްޗަރައިޒިންގް ކްރީމްތަކުގައި ހަންގަނޑު ތެޔޮކޮށްދީ ހަމުގެ ޓެކްސްޗާ ރަނގަޅުކޮށްދިނުމަށް މި ބޭނުން ކުރެ އެވެ. އަދި މިހާރު މަގުބޫލުވަމުން ދާ އެންޓި-އޭޖިން ކްރީމް ނުވަތަ އުމުރުން ދުވަސްވުމުގެ އަސަރު ކުޑަކޮށްދޭ ކްރީމްތަކުގައި ވެސް މި ބޭނުން ކުރެ އެވެ. އަދޮ ކަށިމިޔަރުގެ ތެލަކީ ފަތްޕިލާވެލީގެ ބޭސްވެރިކަން ނުވަތަ މި ޒަމާނުގެ ގޮތުން ބުނާނަމަ "އަޔޮރޮވެދިކް" ބޭސްވެރިކަމުގައި ވެސް މަޝްހޫރު އެއްޗެކެވެ. އަދި ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށް ތައްޔާރު ކުރާ ވެކްސިންތަކުގައި ވެސް ކަށިމިޔަރު ތެލުގެ ބާވަތްތައް ހިމަނަ އެވެ. އަދި ހެލްތް ސަޕްލިމެންޓްސްތައް ކަމަށްވާ އިމިއުން ސިސްޓަމަށް ވަރުގަދަ ކުރަން ވިއްކާ ސަޕްލިމެންޓްތަކުގައި ވެސް ބޭނުން ކުރެ އެވެ.
ކަށިމިޔަރު ތެލުގެ މާކެޓު 2024 ވަނަ އަހަރު ހުރީ ގާތްގަނޑަކަށް 170 މިލިއަން ޔޫ.އެސް ޑޮލަރުގަ އެވެ. އަދި 2032 ވަނަ އަހަރު މި އަދަދު 350 މިލިއަން ޑޮލަރަށްވުރެ މަތިވާނެ އެވެ. މިއީ ޔޫރަޕުގައި ކޮސްމެޓިކްސް އަދި ފާމަސޫޓިކަލްސްގެ ޑިމާންޑު ބޮޑު އުފެއްދުމެވެ. އަދި އޭޝިއާ އާއި އެފްރިކާ އަދި މެދުއިރުމަތީގައި ވެސް މި އުފެއްދުމަށް ބޮޑު ޑިމާންޑެއް އޮވެ އެވެ. ކަށިމިޔަރު ތެލުގެ 120 ގުޅަ 35 ޑޮލަރަށްވުރެ މައްޗެވެ. އަދި އަދި މީގެ ކިލޯއަކަށް 38 ޑޮލަރު ދުނިޔޭގެ ބާޒާރުގައި ލިބެ އެވެ. އަދި މިޔަރު އުރަހަ ކިލޯއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި ހުރީ 38 ޑޮލަރާއި 400 ޑޮލަރާ ދެމެދުގެ އަގުތަކެއްގެ އެވެ. މިޔަރުގެ 400 ޑޮލަރަށް ކިލޯއެއް ލިބެނީ އެންމެ މަތީ ކޮލެޓީގެ މިޔަރު އުރަހަ އެވެ.
ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރަން ފެށި ކަމަށް އެނގިފައި ވަނީ 1970 އަހަރު ކުރިން ފެށިގެންނެވެ. މި މަސްވެރިކަން ރާއްޖޭގައި އެންމެ ގަދައަށް ކުރީ 1980 ގެ އަހަރުތަކުގެ ކުރީކޮޅުވެ. މި މަސްވެރިކަމަށް އެންމެ މަޝްހޫރު އެއް ރަށަކީ ހދ. ކުޅުދުއްފުށްޓެވެ. ވިޔަފާރީގެ މަސްވެރިކަން ފުޅާވުމާ ގުޅިގެން މިޔަރުގެ އަދަދު ވަރަށް ބޮޑަށް މަދުވާން ފެށި އެވެ. ނަމަވެސް 2000 ގެ އަހަރުތަކުގައި މި މަސްވެރިކަން ހުއްޓާލި އެވެ. މިއީ އާންމުކޮށް 100 މީޓަރާއި 1,200 މީޓަރު ގާތްގަނޑަކަށް (330 ފޫޓާއި 4,000 ފޫޓު) ފުނުގައި އުޅޭ މިޔަރެކެވެ. އެންމެ އާންމުކޮށް މި ފެންނަނީ 200 މީޓަރު ފުނުންނެވެ. މި ބާވަތުގެ މިޔަރު ބޮޑު ވަނީ 1.5 މީޓަރު ފޫޓަށެވެ.
ހުއްދަ ބާތިލް ކުރިތާ 25 އަހަރުފަހުން އަލުން ކަށިމިޔަރަށް ހުއްދަ ދޭނީ ގިނަ ވެގެން ދޫކުރެވޭނީ 40 އުޅަނދަށެވެ. މި ގަވައިދަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި، އެ ޕްލޭނަށް ލަފާ ދިނުމަށް 13 މެމްބަރުންގެ ކޮމިޓީއެއް މިނިސްޓަރު އެކުލަވާލަން ޖެހެ އެވެ. ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ އަތޮޅުދުނިން ބޭރުގެ ސަރަހައްދުތަކުގަ އެވެ. އަދި އެކަން ކުރެވޭނީ މިނިސްޓްރީން އިއުލާންކުރާ ގޮތެއްގެ މަތިން، ކޮންމެ އަހަރަކު ހަތް މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށެވެ. ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގައި އެ ގަވާއިދުގެ ދަށުން މަނާ ތަންތަން ކަމުގައި ބުނެފައިވާ ސަރަހައްދުގައި މަސްވެރިކަން ކޮށްފި ނަމަ ކެޔޮޅާއި ލައިސަންސްގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެކަން ތަކުރާރުކޮށްފި ނަމަ 50،000ރ. އިތުރުކޮށް، ގިނަ ވެގެން 400،000ރ. އާ ހަމައަށް ޖޫރިމަނާކުރާނެ އެވެ.