ފުލުހުން ބުނީ 33 އަހަރުގެ އެ ފިރިހެން މީހާ ވެއްޓިފައި ވަނީ ހިޔާގެ އަށްވަނަ ޓަވަރުން ކަމަށެވެ. އެމީހާ ވެއްޓުނު ކަމުގެ ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނު 8:32 ހާއިރެވެ.

ފުލުހުން ބުނީ 33 އަހަރުގެ އެ ފިރިހެން މީހާ ވެއްޓިފައި ވަނީ ހިޔާގެ އަށްވަނަ ޓަވަރުން ކަމަށެވެ. އެމީހާ ވެއްޓުނު ކަމުގެ ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނު 8:32 ހާއިރެވެ.
ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ މަރުވެފައިވާ ކަމަށެވެ.
އެމީހާ ވެއްޓުނީ އަށްވަނަ ޓަވަރުގެ ކިތައްވަނަ ފްލޯއިން ކަމެއް ސާފެއް ނުވެ އެވެ. މީހާ ވެއްޓިފައި އޮތީ ބަންޑުންނެވެ. ވެއްޓިފައި އޮތްއިރު ބޮލާ ދިމާލުގައި ވަރަށް ބައިވަރު ލޭ އޮތެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.