ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ އަތޮޅުދުނިން ބޭރުގެ ސަރަހައްދުތަކުގަ އެވެ. އަދި އެކަން ކުރެވޭނީ މިނިސްޓްރީން އިއުލާންކުރާ ގޮތެއްގެ މަތިން، ކޮންމެ އަހަރަކު ހަތް މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށެވެ.

ކަނޑައަޅާފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން މިއަދުން ފެށިގެން، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައިފި އެވެ.
މިއަދުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީ، ފިޝަރީޒް މިނިސްޓްރީން އިއްޔެ ވަނީ މިޔަރުގެ މަސްވެރިކަން ކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް އާންމު ކޮށްފަ އެވެ.
"ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވައިދު" އަށް ގެނައި ތިން ވަނަ އިސްލާހުގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ހިފުމާއި ބޭނުމާއި ނެގުން އަދި މެރުން މަނާ ބާވަތްތަކަށް ބަދަލު ގެނެސްފަ އެވެ.
އެންމެ ފަހުން ގެނައި ބަދަލުގެ ދަށުން، ކަށިމިޔަރުގެ ބާވަތްތައް ފިޔަވައި މިޔަރުގެ އެހެން ބާވަތްތައް ހިފުން މަނާވާނެ އެވެ.
އެ ގަވައިދަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި، އެ ޕްލޭނަށް ލަފާ ދިނުމަށް 13 މެމްބަރުންގެ ކޮމިޓީއެއް މިނިސްޓަރު އެކުލަވާލަން ޖެހެ އެވެ.

ކަށިމިޔަރުގެ މަސްވެރިކަމާއި އޭގެ ވިޔަފާރީގައި ހަރަކާތްތެރިވެވޭނީ މިނިސްޓްރީން ދޫކުރާ ހާއްސަ ލައިސަންސެއް ނަގައިގެންނެވެ. އަދި އެ ލައިސަންސް އެންމެ ގިނަ ވެގެން ދޫކުރެވޭނީ 40 އުޅަނދަށެވެ.
މިނިސްޓްރީން ބުނީ ކަށިމިޔަރުގެ މަސްވެރިކަމުގެ ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ހުށަހަޅައިފި ނަމަ، އެ ފަރާތްތައް ހުށަހެޅި ތަރުތީބުން ނަން ނޯޓުކޮށް ދަފްތަރު ކުރާނެ ކަމަށެވެ. އަދި ލައިސަންސް ދިނުމުގައި އިސްކަންދޭނީ، ލައިސަންސް ހޯދުމަށް ހުށަހަޅާ ތަރުތީބުން ކަމަށާއި، ދޫކުރާ ލައިސަންސްގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ އަތޮޅުދުނިން ބޭރުގެ ސަރަހައްދުތަކުގަ އެވެ. އަދި އެކަން ކުރެވޭނީ މިނިސްޓްރީން އިއުލާންކުރާ ގޮތެއްގެ މަތިން، ކޮންމެ އަހަރަކު ހަތް މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގައި އެ ގަވާއިދުގެ ދަށުން މަނާ ތަންތަން ކަމުގައި ބުނެފައިވާ ސަރަހައްދުގައި މަސްވެރިކަން ކޮށްފި ނަމަ ކެޔޮޅާއި ލައިސަންސްގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެކަން ތަކުރާރުކޮށްފި ނަމަ 50،000ރ. އިތުރުކޮށް، ގިނަ ވެގެން 400،000ރ. އާ ހަމައަށް ޖޫރިމަނާކުރާނެ އެވެ.
މިޔަރުގެ އާބާދީ ދަށްވާން ފެށުމުން، މިޔަރު ބޭނުން ރާއްޖޭން މަނާކުރީ 2010 ވަނަ އަހަރުގެ ތެރޭގަ އެވެ.
ފާއިތުވި އަހަރުތަކުގައި އެ ބޭންގެ ސަބަބުން، މިޔަރު ގިނަވެ، މަސްވެރިކަމަށް އަސަރުކުރަމުންދާ ކަމުގެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ. އެއާ އެކު، އެ ނިންމުން ބަދަލުކުރުމުގެ މަޝްވަރާތަކެއް ކުރެވުނަސް، ޓޫރިޒަމާއި ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކުގެ ކަންބޮޑުވުންތަކާ އެކު އެކަން މިހާތަނަށް އޮތީ މަޑުޖައްސަލައިފަ އެވެ.
ކަށިމިޔަރު މަސްވެރިކަން - ރާއްޖޭގެ އަތޮޅުތަކުގެ ހުޅަނގު އަދި އިރުމަތީ ފަރާތުގައި ފުންހިސާބުތަކުން ކުރާ މަސްވެރިކަމެކެވެ. މިމަސްވެރިކަމުގައި ކަށިމިޔަރުގެ ތިންބާވަތެއް އެވެބޭނެ (އާދަމް މެރެޓ،ް އަދި އެންޑަސަން 1998). އަދި ދަތްދިގު މިޔަރާއި ހިކަނދި ވެސްޔަރުތުންމި މިމަސްވެރިކަމުގައި ބޭނޭކަމަށް ވެއެވެ ކަށިމިޔަރުމަސްވެރިކަން ކުރަނީ 250-800 މީޓަރާއި ދެމެދުގެ ފުނުން އޮލަނބަށް އަޅާ ލޭނު އަޅައިގެންނެވެ. މި މަސްވެރިކަމުގައި ބޭނޭ މިޔަރުން ކުރެވޭ ހަމައެކަނި ބޭނުމަކީ އަގުބޮޑު ތެޔޮކަށިމިޔަރު އުފައްދާ ޖަޕާނަށް އެކްސްޕޯޓް ކުރުމެވެ. މި މަސްވެރިކަމަށް މިއަދު ދިމާވެފައި އޮތް އެންމެ ބޮޑު އެއްމައްސަލައަކީ ރާއްޖެއިން ކަށިމިޔަރު ހުސްވުމާ ތަށްގާދިދާ ކަށިމިޔަރުގެ ސްޓޮކު ދަށަށް ގޮސްފައިވާކަމެވެ. މެރިން ރިސާޗް ސެންޓަރަށް ޢުމަލޫމާތު ލިބިފައިވާ ގޮތުގައި މިމަސްވެރިކަން މިހާރު ކުރަމުންދަނީ ހަމައެކަނި ށ އަތޮޅު އަދި ތ އަތޮޅުގައެވެ. އެ މަސްވެރިކަން މިއަދާ ހަމައަށް އޮތީ ހުއްޓިފަ އެވެ. މި މަސްވެރިކަން އެންމެ ގިނައިން ކުރިދުވަސްވަރު 1983 ގައި 237 ކަށިގެމެޓްރިކް ޓަނު ބޭނިމިޔަރު އޭގެ ތެޔޮއެކްސްޕޯޓްކޮށްގެން 1.8 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ.