މުސާރައަށް އަންނަ ބަދަލުގެ ތަފުސީލް މާދަމާ ޕޭކޮމިޝަނުން މާދަމާ ހާމަ ކުރާނެ އެވެ.

ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުން ހިމެނޭނެން މުސާރަ ބޮޑުކުރާ އަށް ދާއިރާއަށް ގެންނަ ބަދަލު ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައިވާ ގޮތުން އަށް ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެ އެވެ.
ސަރުކާރު މުވައްޒަފުންގެ މުސާރަށް ބަދަލު ގެންނަވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުކޮށް ތިބި، ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ އެވެ.
މުސާރައަށް އަންނަ ބަދަލުގެ ތަފުސީލް މާދަމާ ޕޭކޮމިޝަނުން މާދަމާ ހާމަ ކުރާނެ އެވެ.
އެންމެ ފަހުން ސަރުކާރު މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފައިވަނީ މިދިޔަ ސަރުކާރުންނެވެ. އެފަހަރު ވަނީ ސްކޫލް ޓީޗަރުންގެ މުސާރަ ބޮޑުކޮށްފަ އެވެ. މި ފަހަރު ސަރުކާރުން ގެންނަ ބަދަލާއެކު ސްކޫލް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އެންމެ އިސް ފަރާތް ކަމަށްވާ ޕްރިންސިޕަލުންނަށް މައިގްރޭޝަން އެލަވަންސް އެއްވެސް ލިބޭނެ އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖޭގައި ސިވިލް ސާވަންޓުގެ ގޮތުގައި 30,287 މީހުން މަސައްކަތް ކުރެ އެވެ. މި މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލާއެކު އަންނަ އަހަރު ބައި ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.