އެޗްޑީސީ އިން ބުނީ މިގޮތުން މި ސަރަހައްދުން ނަގާ އުޅަނދުތައް މި ސަރަހައްދުން ބޭރުގައި އަޅަން މަގުފަހިކޮށްދެވޭނެ އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ނަމުގައި ބިން ހިއްކަމުން ގެންދާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަނެއްކާވެސް އަންގައިފި އެވެ.
ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން އަލުން ފެށުމަށް، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން ބޭނުންވެ އެވެ. އެހެންވެ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ކުރިން އެ އުޅަނދުތައް ނަގަން އެޗްޑީސީ އިން ވަނީ އަންގާފަ އެވެ.
އެޗްޑީސީ އިން ބުނީ މިގޮތުން މި ސަރަހައްދުން ނަގާ އުޅަނދުތައް މި ސަރަހައްދުން ބޭރުގައި އަޅަން މަގުފަހިކޮށްދެވޭނެ އެވެ.
ހުޅުމާލެ ފަޅުން ތިންވަނަ ފިޔަވަހީެ ނަމުގައި ހިއްކަން ފަށާފައިވަނީ ގޯތިދޭށެވެ. މި ސަރަހައްދުން ޖުމްލަ 63 ހެކްޓަރު ބިން ހިއްކަން ނިންމާފައިވެ އެވެ.