ލުބްނާނުގެ ކެތްތެރިކަން ކޮޅުންލައިފި، އިޒްރޭލަށް ރައްދުދޭން ސިފައިންނަށް އަމުރު

އިސްރާއިލް ސިފައިން ރޭގެ ވަގުތެއްގައި ވަނީ ލުބްނާންގެ ބޯޑަރުގެ ކައިރީގައި އޮންނަ ބިލީދާ ނަމަކަށް ކިޔާ ރަށުގެ ޓައުން ހޯލަށް ވަދެ، އެތަނުގައި ނިދާފައި އޮތް މުނިސިޕަލްގެ މުވައްޒަފެއް ކަމަށްވާ އިބްރާހިމް ސަލާމާ މަރާލާފަ އެވެ.

ލުބުނާންގެ މިހާރުގެ ރައީސް : ސިފައިންނަށް ވަނީ ހަމަލާ ދީފިނަމަ ރައްދުދޭން އަމުރުކޮށްފަ -- ފޮޓޯ: އަލްޖަޒީރާ

ސުލްހައިގެ އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވެ ލުބްނާނުގެ ހުރުމަތް ކަނޑައި އެންމެފަހުން ހިންގި އޮޕަރޭޝަނާ ގުޅިގެން އިސްރާއިލަށް ރައްދުދޭން ލުބްނާން ސަރުކާރުން ސިފައިންނަށް އަމުރުކޮށްފި އެވެ. 

އިސްރާއިލް ސިފައިން ރޭގެ ވަގުތެއްގައި ވަނީ ލުބްނާންގެ ބޯޑަރުގެ ކައިރީގައި އޮންނަ ބިލީދާ ނަމަކަށް ކިޔާ ރަށުގެ ޓައުން ހޯލަށް ވަދެ، އެތަނުގައި ނިދާފައި އޮތް މުނިސިޕަލްގެ މުވައްޒަފެއް ކަމަށްވާ އިބްރާހިމް ސަލާމާ މަރާލާފަ އެވެ. އިސްރާއީލު ސިފައިން ބުނީ، އެމީހުން އެކަން ކުރީ ޙިޒްބުﷲ ގެ އިންފްރާސްޓްރަކްޗާ ނައްތާލުމުގެ ކުއްލި ހަރަކާތެއްގެ ގޮތުގަ އެވެ. 

މި ހަމަލައާ ގުޅިގެން ލުބުނާންގެ މިހާރުގެ ރައީސް އަދި ކުރީގެ އަސްކަރީ ކޮމާންޑަރު ޢައޫންގެ ވަނި އިސްރާއިލުން ދެން އެފަދަ ކަމެއް ކޮށްފިނަމަ ކުރިމަތިލުމަށް ސިފައިންނަށް އަމުރުކޮށްފަ އެވެ. އެ މަނިކުފާނު ވިދާޅުވީ މިއީ ލުބްނާންގެ ސަރަހައްދާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ނެރުއްވި އަމުރެއް ކަމަށެވެ. 

ލުބުނާން ސަރުކާރުގެ މި ބަޔާނާ ގުޅިގެން ޙިޒްބުﷲ ޖަމާޢަތުން ވަނީ މަރުޙަބާ ކިޔާފަ އެވެ. އަދި ސިފައިންނަށް ފުރިހަމަ އަށް ތާއީދުކުރާނެ ކަމަށް ވެސް ޙިޒްބުﷲ އިން ބުނެއެވެ. އަދި އެހީތެރިވެދެވެން ހުރި ހުރިހާ ގޮތަކުން ސިފައިންނަށް އެ ޖަމާއަތުން އެހިތެރިވާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.