"ދިވެހި ކޮންޓްރެކްޓަރުންނަކީ ހިތްވަރުގަދަ ބައެއް"

ޖަނާ ވަނީ ދިވެހި ކޮންޓްރެކްޓަރުން ކުރާ މަސައްކަތްތަކަށް ތައުރީފު ކުރައްވާފަ އެވެ. އަދި ސަރުކާރުން ބިން އުފެއްދަން ހިންގާ މަޝްރޫއުތަކަކީ މުސްތަގުބަލުގައި އަގު ބޮޑު އެސްޓްތަކެއް އުފެދިގެންދާނެ މުހިންމު މަސައްކަތްތަކެއްކަން ފާހަގަ ކުރެއްވި

މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވާހަކަ ދައްކަވަނީ -- ޕީއެސްއެމް ފޮޓޯ

ރާއްްޖޭގެ ކޮންޓްރަކްޝަން ދާއިރާގައި ގިނަ ގޮންޖެހުންތަކެއް ހުރިނަމަވެސް ދިވެހި ކޮންޓްރެކްޓަރުން އެ ގޮންޖެހުންތަކާ ކުރިމަތިލައި ކާމިޔާބު ހޯދަމުންދާ ކަމަށާ ދިވެހި ކޮންޓްރެކްޓަރުންނަކީ ހިތްވަރުގަދަ ބައެއް ކަމަށް ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެ އެވެ. 

ކުރީގެ މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އަދި މިހާރު ނޭޝަނަލް ސްޓެޓަސް ލިބިފައިވާ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންޓްރަކްޝަން އިންޑަސްޓްރީ (އެންއެންއޭސީއައި) ގެ ގައުމީ ހިދުމަތަށް 24 އަހަރު ފުރުން ފާހަގަ ކުރަން އިއްޔެ ވަނީ ހަފުލާއެއް ބާއްވާފަ އެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. 

ހަފުލާގައި ވާހަކަ ދައްކަވަމުން ޖަނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތުގައި ގިނަ ކޮންޖެހުންތަކެއް ހުރިކަމަށާ ދިވެހި ކޮންޓްރެކްޓަރުން ދަނީ އެ ގޮންޖެހުންތަކާ ކުރިމަތިލައި ހިތްވަރާ އެކުގަ އެވެ. ދިވެހި ކޮންޓްރެކްޓަރުންނަކީ ހިތްވަރުގަދަ ބައެއްކަން ޖަނާ ފާހަގަ ކުރެއްވި އެވެ. 

މި ހަފުލާގައި ޖަނާ ވިދާޅުވީ އެ ޖަމިއްޔާ އަށް 24 އަހަރު ފުރިގެންދާއިރު، މިވަގުތު ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަިކީ މި ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކޮށް ހިދުމަތް ކުރަން އެ ޖަމިއްޔާގެ މެންބަރުން އެ މަނިކުފާނަށް ފުރުސަތު ދިނުމެވެ. 

މި ފުރުސަތުތަކާއެކު "ފިޑިކް" އާ ގުޅިގެން މިހާތަނަށް ރާއްޖޭގެ ކޮންޓްރަކްޝަން ކުންފުނިތަކުގެ 140 ފަރާތަކަށް ތަމްރީން ދެވިފައިވާކަމަށް ޖަނާ ވިދާޅުވި އެވެ. އަދި މަގުސަދަކީ މި އަދަދު 500 އަށް މަތި ކުރުންކަން ޖަނާ ފާހަގަ ކުރެއްވި އެވެ. 

މަސީއަށް 24 އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ހަފުލާ -- ޕީއެސްއެމް ފޮޓޯ

"ރާއްޖޭގެ އިގްތިސޯދުގައި ފުރުސަތުތައް އެބަހުރި. ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތައް ދަނީ އަންނަމުން. މިވަގުތުގެ ބޭނުން ދިވެހި ކޮންޓްރެކްޓަރުން ހިފުން މުހިންމު،" ދިވެހިންނަށް ހަމައެކަނި އިންވެސްޓް ކުރެވޭނެ ދާއިރާތަކެއް ފަހި ކުރަން ސަރުކާރާއެކު މަސައްކަތް ކުރުމުގައި އިސްކޮށް ހަރަކާތްތެރި ޖަނާ ވިދާޅުވި އެވެ. 

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މަސީގެ 24 އަހަރު ފުރިގެންދާއިރު އަލަށް އެ ޖަމިއްޔާއާ ހަވާލުވާން ތިބި އާ ޖީލުގެ ޒުވާނުނަށް ފުރުސަތުދީ ރަނގަޅު މަގު ދެއްކުމުގައި މިހާރުގެ ލީޑަރުން ތިބުން މުހިންމުކަމުގެ މައްޗަށް ވެސް އަލި އަޅުވާ ލެއްވި އެވެ. 

ޗީފް ގެސްޓް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި މަސީގެ ރައީސް ޖަނާހު -- ޕީއެސްއެމް ފޮޓޯ

ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަރން ޕެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސްކަން ދެ ދައުރުގައި ކުރައްވާފައިވާ ޖަނާ ވަނީ ސަރުކާރުން މިހާރު ކުރިއަށް ގެންދާ ބައެއް މަޝްހޫރުތަކާއި އޭގެ ސަބަބުން އަންނާނެ ކުރިއެރުންތައް އިގްތިސޯދީ ނަޒަރަކުން ސާފުކޮށް ކިޔައި ދެއްވާފަ އެވެ. މިގޮތުން ބިން ހިއްކައި ބިން އުފައްދަން ކުރާ މަސައްކަތްތަކަކީ އިގްތިސޯދީ ބޮޑު އެސެޓެއް ކްރިއޭޓް ކުރުން ކަމަށް ޖަނާ ވިދާޅުވި އެވެ. މިގޮތުން ސަރުކާރުން "ލޭންޑް ބޭންކް" ތަކެއްގެ ގޮތުގައި ބިން ބޮޑުކޮށް ތަރައްގީ އުފެއްދުމަށް ހިންގާ މަޝްރޫއަކީ ސިންގަޕޫރުގެ ފަދަ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ހިންގާފަދަ މުސްތަގުބަލަށް ފައިދާ ކުރާނެ މަޝްރޫއުތަކެއްކަން ޖަނާ ފާހަގަ ކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.