މި މައްސަލާގައި ބައްސާމްގެ މައްޗަށް ކުރަނީ ހިޔާނާތުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ އެވެ. ހިޔާނާތުގެ ދައުވާ ސާބިތުވެ، މިމަހުގެ އަށްވަނަ ދުވަހު ވަނީ ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވެފައިވާ، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިތުރު ފަސް އަހަރަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ބައްސާމްގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލާފައި ވަނީ 2018 ވަނަ އަހަރު އެފްއޭއެމްއަށް ޑޮލަރު ގަންނަން ކަމަށް ބުނެ އޭނާގެ އެކައުންޓަށް 9،999 ޑޮލަރު ޖަމާކުރުމަށްފަހު އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ފޯރުކޮށްދީފައިނުވާ މައްސަލައިގަ އެވެ. ދައުވާގައި ބުނެފައި ވަނީަ އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު ބޭނުންކޮށްގެން އޭނާ އެއިރު ދިރިއުޅެޅުމް ދިޔަ ރެހެންދި ފުލެޓުގެ ކުލި ދައްކާފައިވާ ކަމަށެވެ.
މި މައްސަލާގައި ބައްސާމްގެ މައްޗަށް ކުރަނީ ހިޔާނާތުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ އެވެ. ހިޔާނާތުގެ ދައުވާ ސާބިތުވެ، މިމަހުގެ އަށްވަނަ ދުވަހު ވަނީ ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.
މަނީލޯންޑަރިންގެ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި، ޑޮލަރު މާރުކުރުމުގެ ނަމުގައި އެފްއޭއެމުން އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާ ބައްސާމް ބޭނުންކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަން ސާބިތުވާ ކަމަށް ކަނޑައަޅާފައިވެ އެވެ.
އެހެންވެ، ފަސް އަހަރަށް ޖަލަށްލުމާ އެކު، ލޯންޑާކުރި އަދަދު ކަމަށްވާ 154،000ރ. އިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.