ޓެކްސްއަށް ކެނޑުމަށްފަހު، މި ކުއާޓަގެ ސާފު ފައިދާގެ ގޮތުގައި ވަނީ 186 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ، އޭގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު % 14 އިތުރުވުމެކެވެ.

އެސްޓީއޯއަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.8 ބިލިއަން ރުފިޔާ ލިބި ކުރީ ކުއާޓަރަށްވުރެ އަށް ޕަސެންޓް އިތުރުވިއިރު، ސާފު ފައިދާ 14 ޕަސެންޓް އުފުލިއްޖެ އެވެ، 
އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި މިދިޔަ ކުއާޓަރުގައި އެ ކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ ވިޔަފާރި ރަނގަޅުވެ، ވިކުނު ތެލުގެ އަދަދު އިތުރުވެފައިވުމެވެ. ހަމަ އެއާއެކު ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ވަނީ އަށް ޕަސެންޓުން އިތުރުވެ ފައެވެ. 
އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާ އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 604 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލައި ފަސް ޕަސެންޓުގެ ކުރިއެރުމެކެވެ.
އެ ކުންފުނިން ބުނި ގޮތުގައި ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ޚަރަދު ދަށްވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި ވަނީ 230 މިލިއަން ރުފިޔާ ލިބިފަ އެވެ. މިގޮތުން ޓެކްސްއަށް ކެނޑުމަށްފަހު މި ކުއާޓަގެ ސާފު ފައިދާގެ ގޮތުގައި ވަނީ 186 މިލިއަން ރުފިޔާ ލިބިފަ އެވެ. ކުރީ ކުއާޓަރުގައި ލިބުނީ 150 މިލިއަން ރުފިޔާ އެވެ. އެހެންވެ މިއީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު 14 ޕަސެންޓް އިތުރުވުމެކެވެ.
މި ކުއާޓާގައި ވިއްކުމާއި މާކެޓް ކުރުމުގެ ހަރަދުން ލީސް އެޖަސްޓްކުރުމަށްފަހު ހިންގުމާއި ފައިނޭންސް ކުރުމުގެ ހަރަދު ވަނީ ރީކްލެސިފައި ކޮށްފަ އެވެ. މިއާއިއެކު ޖުމްލަ ހިންގުމުގެ ހަރަދު ވަނީ 367 މިލިއަން އިން 358 މިލިއަން ރުފިޔާ އަށް ދަށްކޮށްފަ އެވެ. އެއާއެކު ހިންގުމުގެ ފައިދާ ވަނީ 23 ޕަސެންޓް އިތުރުވެ، ހިންގުމުގެ ފައިދާގެ ގޮތުގައި 290 މިލިއަން ރުފިޔާ ރެކޯޑްކުރެވިފަ އެވެ.