އިންވެސްޓް ކުރި މީހުންނަށް ބަދަލު ދިނުމުން އަލްހާންގެ ތިން ބެއިންނަށް ކުރި ދައުވާތައް ނަގައިފި

ޕީޖީ އޮފީހުން މިއަދު ބުނީ މި ދައުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް، އެމީހުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 މީހަކަށް ބަދަލުދީ ހަލާސްކޮށްފައިވާ ކަމަށް ބަޔާންކޮށް، އެ ދައުވާތައް މުރާޖައާ ކުރުމަށް ހުށަހަޅާފައިވާ ކ

އަލްހާން، ޝަހުބާން އަދި ޝަޒްބާން މީގެ ކުރިން ކްރިމިނަލް ކޯޓުގެ އަޑުއެހުމެއްގައި --

ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް އިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ކުރި ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.

އަލްހާން ފަހުމާއީ އޭނާގެ ދެ ކޮއްކޮ ކަމަށްވާ ޝަހްބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ޓެކުމުގެ 39 ދައުވާ އެވެ. އެއީ ކޮންމެ މީހެއްގެ މައްޗަށް 13 ދައުވާ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މި ދައުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް، އެމީހުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 މީހަކަށް ބަދަލުދީ ހަލާސްކޮށްފައިވާ ކަމަށް ބަޔާންކޮށް، އެ ދައުވާތައް މުރާޖައާ ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.

"އެކަމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް މައުލޫމާތު ސާފުކުރިއިރު، މި މައްސަލާގައި ބަދަލު ލިބޭން ޖެހޭ މީހުންނަށް ބަދަލު ލިބިފައިވާކަން ކަށަވަރުވެފައިވޭ. އަދި މި މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުން ނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވޭ،" ޕީޖީ އޮފީހުން ބުންޏެވެ.

އެހެންވެ، މި މައްސަލާގައި ގެއްލުން ލިބުނު މީހުންގެ ތެރެއިން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ނަގައިދޭން އެދުނު އެންމެންނަށް، ލިބެންޖެހޭ ފައިސާ އަނބުރާ ލިބިފައިވާތީ އާއި، މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންވާ ނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މައްސަލައިގެ ހުލާސާ - ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ބުނެފައި ވަނީ އަލްހާނާއި ޝަހުބާނާއި ޝަޒްބާންގެ މައްޗަށް ދައުވާ ކުރީ ތިން ބެއިންގެ އާއިލީ ކުންފުންޏެއް ކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިވްސް އިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދައްކައިގެން އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށް ފަހު، އެ ފައިސާ އިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައި ވާތީ ކަމަށެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ. މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ އޭގެ ތެރެއިން 13 މީހުންގެ ބައިގަ އެވެ.

މި ސްކީމްއާ ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެ ބައިތަކުގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން އެ ބައިތައް ދިރާސާ ކުރުމަށް ފަހު މި މައްސަލައިގައި އިތުރު ދައުވާ ތައް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ވެސް ބުންޏެވެ. މި މައްސަލައާ ގުޅިގެން އެމީހުންގެ ބޭންކް އެކައުންޓްތައް ވެސް ފްރީޒްކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.