އެމްޕީއެލްގެ ޓާސްކް ނިމުމާ ގާތަށް | އެމްބިއުލާންސްތައް ގެންނަން އިސްޕެކްޝަށް

އެމްޕީއެލްއަށް 56 އެމްބިއުލަންސް ގެންނަން ހަވާލު ކުރި އެެވެ. މީގެތެރޭން 18 އެމްބިއުލަންސް އިންސްޕެކްޝަންތައް ވަނީ ޑުބާއީގައި ނިންމާލާފަ އެވެ.

އެމްޕީއެލްއިން ރާއްޖެ ގެންނަ އެމްޕިއުލާންސްތައް ދުބާއީގައި -- އެމްޕީއެލް

ރަށްރަށުގައި ބާވެ ހަލާކުވެފައިވާ އެމްބިއުލާންސްތައް ބަދަލު ކުރުމުގެ މަސައްކަތްތަކެއް ސަރުކާރުން ފެށީ މިދިޔަ އަހަރު އެވެ، މި މަސައްކަތް ހަވާލުކުރީ ކުރިން އެއްގަމު ދަތުރުަފަތުރުގެ ހިދުމަތް ދިން އެމްޕީއެލްއަށެވެ. މި ޓާސްކް އެ ކުންފުންޏަށް ސަރުކާރުން ދިނުމާއެކު އެ މަސައްކަތް ފެށި އެވެ. މިހާރު މިކަމުގެ އެންމެފަހުގެ އަޕްޑޭޓަށް ބަލާއިރު ގެންނަން ހަވާލުކުރި އެމްބިއުލާންސް ތަކުގެ ތެރޭން 18 އެމްބިއުލާންސެއްގެ އިންސްޕެކްޝަން ދުބާއީގައި ވަނީ ފަށާފަ އެވެ. 

އެމްޕީއެލް އިން ބުނީ ރާއްޖެ އަށް 56 އެމްބިއުލަންސް ގެންނަން މިނިސްޓްރީ އޮފް ހެލްތުން މި ކުންފުންޏަށް ހަވާލުކުރި ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ ރާއްޖެ ގެންނަ 18 އެމްބިއުލަންސް އިންސްޕެކްޝަންތައް ވަނީ ޑުބާއީގައި ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މި އިންސްޕެކްޝަންތައްް ކުރިއަށް ގެންދިޔައީ އެމްޕީއެލް އަދި ހެލްތު މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ޓީމަކުން ކަން އެ ކުންފުނިން ބުނެފައިވެ އެވެެ

ސަރުކާރުން ވަނީ މި އަހަރު ސިއްހީ ދާއިރާ ތަރައްގީ ކުރަން އިސްކަން ދޭން ނިންމާފަ އެވެ. މިގޮތުން މިއަދު ހުށަހަޅާ ބަޖެޓުގައި ސިއްހީ ދާއިރާ ކުރިއަރުވަން ކަނޑައަޅާފައިވާ ގިނަ ކަންކަން އިއުލާނު ކުރާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.