މެޑަމް ސާޖިދާއާ ދެކޮޅަށް މަންދީ ހުށަހެޅި މައްސަލަ ބާތިލު ކޮށްފި

ޣައިރު ހާޒިރުގައި ކުރި ހުކުމަކަށްވާތީ މަންދީ ވަނީ މައްސަލަ ރިވިއުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އެ މައްސަލަ ކޯޓުން ބާތިލުކޮށްފައި ވަނީ އަޑުއެހުމަށް މަންދީގެ ވަކީލުން ހާޒިރު ނުވެގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު

ރައީސްގެ ދަރިކަލުން، އުމައިރު މުހައްމަދު މުއިއްޒުގެ ކަރާމާތަށް އެމްޑީޕީގެ އެކްޓްވިސްޓް މަރިޔަމް ޒުބައިރު (މަންދީ)، އަރައިގަތް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ރިވިއުކޮށްދޭން އޭނާގެ ފަރާތުން ހުށަހެޅި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ބޭރުކޮށްލައިފި އެވެ.

މަންދީގެ މައްޗަށް މެޑަމް ސާޖިދާ ދައުވާ ކުރެއްވީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި، ރާއްޖޭގައި ވޭޕް މަނާ ކުރީ އުމައިރު ވޭޕް ކުރަން ފެއްޓެވުމުން ކަމަށް ބުނެ ވާހަކަތަކެއް ދެއްކުމުންނެވެ. އެކޯޓުން ވަނީ މަންދީގެ ޣައިރު ހާޒިރުގައި، ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އޭނާ އަރައިގެންފައިވާ ކަމަށް ހުކުމްކޮށްފަ އެވެ.

ޣައިރު ހާޒިރުގައި ކުރި ހުކުމަކަށްވާތީ މަންދީ ވަނީ މައްސަލަ ރިވިއުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އެ މައްސަލަ ކޯޓުން ބާތިލުކޮށްފައި ވަނީ އަޑުއެހުމަށް މަންދީގެ ވަކީލުން ހާޒިރު ނުވެގެންނެވެ.

ސިވިލް ކޯޓުގެ ގާޒީ އާދަމް ޒާލިފު ކުރެއްވި ހުކުމުގައި ވަނީ، މަންދީ ތިން ވަކީލުން ހަމަޖައްސާފައިވީ ނަމަވެސް އެއްވެސް ވަކީލަކު ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށެވެ. އެމީހުން ކޯޓަށް ގެނައުމަށް އެކި މަސައްކަތް ކޮށްފައިވާކަން ވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ. 

ދައުވާ ކުރާ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ ޗިޓު ރައްދުވެ، ނަމަވެސް ކޯޓަށް ހާޒިރު ނުވެނޭނެ ސަބަބު ބަޔާންކޮށް އެއްވެސް ލިޔުމެއް ފޮނުވާފައި ނުވާތީ، ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން މައްސަލަ ބާތިލުކުރާ ކަމަށް ހުކުމުގައިވެ އެވެ.

ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތް މައްސަލައިގައި އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ މައްޗަށް ވެސް މެޑަމް ސާޖިދާ ވަނީ ދައުވާ ކުރައްވާފަ އެވެ.

މި ކަމާ ގުޅިގެން ސާޖިދާ ވަނީ ފެމެލީ ކޯޓަށް ވެސް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ހުށަހެޅީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ބައިނަލްއަގްވާމީ މުއާހަދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.