ބީއެމްއެލް އިން ބުނީ އެ ކާޑުން ބީއެމްއެލްގެ އޭޓީއެމްތަކުން މިހާރު ޑޮލަރު ނެގޭވަރަށްވުރެ ދެ ގުނަ ބޮޑުކޮށް ނެގޭނެ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިސާ ޕްލެޓިނަމް ކާޑު ތައާރަފްކޮށް، ރާއްޖޭގައި ދުވާލަކު 3200 ޑޮލަރު އަދި ރާއްޖެއިން ބޭރުގައި 5000 ޑޮލަރު ނެގޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ވިސާ ޕްލެޓިނަމް ކާޑު އިފްތިތާހު ކޮށްދެއްވާ ފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަރިހުގައި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ބީއެމްއެލް އިން ބުނީ އެ ކާޑުން ބީއެމްއެލްގެ އޭޓީއެމްތަކުން މިހާރު ޑޮލަރު ނެގޭވަރަށްވުރެ ދެ ގުނަ ބޮޑުކޮށް ނެގޭނެ ކަމަށެވެ. އެގޮތުން؛
ބީއެމްއެލް އިން ބުނީ އެ ކާޑަށް މިހާރު ވެސް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ނުވަތަ ބީއެމްއެލްގެ މޯބައިލް އެޕް މެދުވެރިކޮށް އެޕްލައިކުރެވޭނެ ކަމަށެވެ.