ޖޭއެސްސީގެ މެމްބަރުކަމަށް ހުސްނީ މުބާރިކް އައްޔަނުކޮށްފި

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހުސްނީ ވަނީ މެންބަރު ކަމުގެ ހުވާ ކުރައްވައި، އިގުރާރުގައި ސޮއިކުރައްވާފަ އެވެ. ޖޭއެސްސީގެ މެންބަރު ކަމުގެ ލިޔުން ހުސްނީއާ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް، ޖޭއެސްސީގެ މެންބަރު ކަމަށް ހުސްނީ އައްޔަނު ކުރައްވައި ލިޔުން ހަވާލުކުރައްވަނީ --

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް މިއަދު އައްޔަނު ކޮށްފި އެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް ހުސްނީ އައްޔަނު ކުރީ އެ ކޮމިޝަންގެ ރައީސް ކަމުންނާއި މެންބަރު ކަމުން މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އިސްތިއުފާ ދެއްވުމުންނެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހުސްނީ ވަނީ މެންބަރު ކަމުގެ ހުވާ ކުރައްވައި، އިގުރާރުގައި ސޮއިކުރައްވާފަ އެވެ. ޖޭއެސްސީގެ މެންބަރު ކަމުގެ ލިޔުން ހުސްނީއާ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް ހުސްނީ އައްޔަނު ކުރުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. އެގޮތަށް ފާސްކޮށްފައި ވަނީ 58 މެމްބަރުންގެ އިއްތިފާގުންނެވެ.

ހުސްނީ ޖޭއެސްސީއަށް ވަޑައިގަންނަވާތީ އޭނާ މުގައްރިރުކަން ކުރައްވާ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރަކަށް މިހާރު ވަނީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މިއަދު އިންތިހާބުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.