އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހަޅާ ޖަލްސާ މާދަމާ

ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ކުރިން، ކުރިއަށް އޮތް އަހަރަށް ދައުލަތުގެ ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވަންޖެހެ އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި ވާހަކަ ދައްކަވަނީ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން، މާދަމާ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް، މާދަމާ ޖަލްސާއެއް އޮންނާނެ ކަމަށެވެ.

ބުރާސްފަތި ދުވަހަކީ، އާންމުކޮށް މަޖިލީހުގެ ޖަލްސާ ބާއްވާ ދުވަހަށް ނުވިޔަސް، މާލިއްޔަތު ގާނޫނުގެ ދަށުން، ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ކުރިން، ކުރިއަށް އޮތް އަހަރަށް ދައުލަތުގެ ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވަންޖެހެ އެވެ. 

ބަޖެޓު ބަޔާން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުމަށްފަހު އޮންނާނީ ބަޖެޓަށް ބަޙުސް ފެށިމެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ބަޖެޓު ހުށަހެޅުމަށްފަހު މެންބަރުންނަށް ވަގުތު ދިނުމަށްފަހު އެ ބަޖެޓާބެހޭ ބަހުސް މަޖިލީހުގައި ފެށިގެން ދާނެ އެވެ. މި މުއްދަތުގައި މަޖިލީހުގެ މެންބަރުންނަށް ފިނޭންސް މިނިސްޓްރީ އިން ބަޖެޓާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންވެއެވެ. އެއަށްފަހު އޮންނާނީ ކޮމިޓީ މަރުހަލާ އެވެ.

ބަޖެޓުގެ އިބްތިތާއީ ބަހުސް ނިމުމުން، ބިލް ދިރާސާކުރުމަށް މަޖިލީހުގެ ހާއްސަ ކޮމިޓީތަށް ކަމަށްވާ، އިޤްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީގެ ހުރިހާ މެންބަރުން ހިމެނޭ ކޮމިޓީއަކަށް) ފޮނުވާނެ އެވެ. އަދި ކޮމެޓީން ބަޖެޓު ދިރާސާ ކުރާނެ އެވެ. އަދި ބަޖެޓަށް ބަދަލު ގެނައުމުގެ ބާރު ކޮމެޓީއަށް ލިބިގެންވެ އެވެ.

ބަޖެޓުގެ ކޮމެޓީ މަރުހަލާގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުން އޮންނާނެ އެވެ. އަދި ކޮމިޓީގެ ރިޕޯޓު ދިރާސާ ކުރުމަށްފަހު ބަޖެޓަށް ގެނެވުނު ބަދަލުތަކާއެކު ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ. ބަޖެޓު ފާސް ކުރާނީ އެއަށްފަހު އެވެ. ބަޖެޓު ފާސް ކުރަން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތު ބޭނުންވާނެ އެވެ. އެއަށްފަހު ބަޖެޓު ރައީސުލްޖުމްހޫރީއްޔާއަށް ފޮނުވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.