ވަގު ސިނގިރޭޓު މައްސަލަތަކާ ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު ވަކިކޮށްފި

އެ ލަފަޔާ ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރު މަގާމުން ވަކިކުރުމަށާއި، ކަސްޓަމްސްގެ އިތުރުން ތިން މުވައްޒަފަކަށް ފިޔަވަޅު އެޅުމަށް އެ ހިދުމަތަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ގާނޫނާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރި މައްސަލައާއި ބޮންޑެޑް ވެއާހައުސްއަކުން ސިނގިރޭޓުގެ ގެއްލުނު މައްސަލައާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު ވަކިކޮށް، އިތުރު މުވައްޒަފުންތަކަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގަވާއިދާ ހިލާފަށް 1.2 މިލިއަން ރުފިޔާގެ ސިގިރޭޓު އެތެރެ ކުރަން އުޅުނީ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ތެޔޮ އެތެރެ ކުރާ ހޯކްސް ކުންފުންޏެވެ. 

ރައީސް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހޯކްސްގެ ތެޔޮ ބޯޓެއްގައި ގާނޫނާ ހިލާފަށް ސިނގިރޭޓު އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއާހައުސްއަކުން ކަސްޓަމްސްއަށް ނޭންގި ސިނގިރޭޓު ކާޓޫނުތަކެއް ގެއްލުނު މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން މައްސަލަ ދިރާސާ ކުރުމަށްފަހު އެމަނިކުފާނަށް ސިޓީއަކުން ލަފާ އަރުވާފައިވާ ކަމަށެވެ.

ވަކިކޮށްފައި ވަނީ؛

  •  އަބްދުﷲ ވަހީދު
  •  މަހުމޫދު ރިޔާޒު

އެ ލަފަޔާ ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރު މަގާމުން ވަކިކުރުމަށާއި، ކަސްޓަމްސްގެ އިތުރުން ތިން މުވައްޒަފަކަށް ފިޔަވަޅު އެޅުމަށް އެ ހިދުމަތަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ރިޕޯޓުގައި، ކަންކަން އިސްލާހު ކުރުމަށް ފުލުހުންނަށާއި ކަސްޓަމްސްއަށް އަންގާފައިވެ އެވެ. އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ފިޔަވަޅުތައް އެޅުމަށް ވަނީ އަންގައިފަ އެވެ.

ބޮންޑެޑް ވެއާހައުސްތަކަކުން ސިނގިރޭޓު ގެއްލުނު މައްސަލަތަކުގައި ކަސްޓަމްސް އިން ވަނީ ކޯޓަށް ވެސް ގޮސްފަ އެވެ. އޭގެ ތެރެއިން އެކްޒޯޓިކް އެންޓަޕްރައިސެސް ބޮންޑެޑް ވެއާހައުސްގައި ހުއްޓައި ގެއްލުނު ގިނަ އަދަދެއްގެ ސިނގިރޭޓަށް 14 ދުވަސް ތެރޭގައު 47.1 މިލިއަން ރުފިޔާ ދައްކަން މިދިޔަ ހޯމަ ދުވަހު ސިވިލް ސާވިސް އިން ވަނީ ހުކުމް ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.