ރާއްޖެއަށް 8،000 ޓޫރިސްޓުން އައި ދުވަހެއް | ޓޫރިޒަމް ސީޒަންގެ ބޭރުން ރެކޯޑެއް

މި އަހަރު އެންމެ ގިނައިން އެއް ދުވަހެއްގެ މައްޗަށް ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ފެބްރުއަރީ 16ވަނަ ދުވަހު އެވެ. އެ ދުވަހު 9,518 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓަކަށް ވީއައިއޭއިން މަރުހަބާ ކިޔަނީ -- އެމްއޭސީއެލް

މިދިޔަ ތިން މަސް ތެރޭ އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަހާއެކު، އެއް ދުވަސް މަތީން ރާއްޖެއަށް 8،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ. 

ޓޫރިސްޓުން އަންނަ އަދަދު އިތުރުވަމުންދާއިރު، މިދިޔަ އާދީއްތަ ދުވަހު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ކަމަށްވާ 8,132 އަކީ މިފަހުން އެންމެ ގިނައިން އެއް ދުވަހެއްގެ މައްޗަށް ޓޫރިސްޓުން އައި ދުވަހަށް ވަނީ ވެފަ އެވެ. މިއީ މި އަހަރުގެ ޖެނުއަރީގެ ފަހުން ޑެއިލީ ޓޫރިސްޓް އެރައިވަލް 8،000 އެރި ފުރިހަމަ ދުވަހެވެ. 

މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަސްތައް

  •  ފެބްރުއަރީ 16 9,518 ޓޫރިސްޓުން
  •  ޖެނުއަރީ 25 9,199 ޓޫރިސްޓުން
  •  ޖެނުއަރީ 26 8,727 ޓޫރިސްޓުން
  •  ޖެނުއަރީ 12 8,174 ޓޫރިސްޓުން
  •  ޖެނުއަރީ 11 8,090 ޓޫރިސްޓުން

އެހެންވެ މިއީ ޕީކް ސީޒަނުން ބޭރުން އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަހަށް ވަނީ ވެފަ އެވެ. މި އަހަރުގެ މިހާތަނަށް ބަލާއިރު އެންމެ ގިނަ ޓޫރިސްޓުން އައި މަަހަކީ ޖެނުއަރީ މަހު އެވެ. އެ މަހު 214,863 ޓޫރިސްޓުންނަށް ރާއްޖެ މަރުހަބާ ކިޔާފައިވެ އެވެ. 

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން 291,573 ޒިޔާރަތްކޮށްފައިވެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް މިހާރު 1.8 މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ސަރުކާރުން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރު 2.3 މިލިއަން ޓޫރިސްޓުން އަންނާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.