މި ފެއާ ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކު އެވެ. މި މަހުގެ 30-28 ވަނަ ދުވަހު އޮންނާނެ އެވެ.

ޓެކްއެންޖް އެކްސްޕޯ 2025 ޕަވާޑް ބައި ޓޮނީނޯ ލެމްބޯގީނީ ގޮލްފް ކާޓްސްގެ ނަމުގައި ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ފެއާ ހުޅުއްވައި ދެއްވީ މި ފެއާގެ މެއިން ސްޕޮންސާ ކަމަށްވާ ޓޮނީނޯ ލެމްބޯގީނީ ގޮލްފް ކާޓްސް ގެންނަ ޓޮނީނޯ ލެމްބޮގިނީ އެސްޕީއޭގެ ވައިސް ޕްރެސިޑެންޓް އަދި ކިނެޓިކް ގްރީން ޓޮނީނޯ ލެމްބޮގިނީ ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރު ފެރޫޗިއޯ ލެމްބޮގިނީ އެވެ.
ފެއާ ހުޅުއްވައި ދެއްވުމުގެ ގޮތުން އޭނާ ވިދާޅުވީ ރާއްޖެފަދަ ޓޫރިޒަމްގެ މުހިންމު މަންޒިލެއްގައި ޓޮނީނޯ ލެމްބޯގީނީ ގޮލްފް ކާޓްސްގެ އުފެއްދުންތައް ތައާރަފު ކުރަން ލިބުމަކީ ލިބިގެން ދިޔަ ބޮޑު އުފަލެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިފަދަ ރީތި މަންޒިލެއްގައި މި އުފެއްދުން ތައާރަފު ކުރުމަކީ ލިބޭ އުފަލެއް. ތިމާވެއްޓާ ރަހުމަތްތެރި އަޅުގަނޑުމެންގެ ގޮލްފް ކާޓްސް އުފެއްދުންތަކަކީ ރާއްޖެ އަށް ބޭނުންތެރި އުފެއްދުންތަކެއް،" ފެރޫޗިއޯ ވިދާޅުވި އެވެ.
ޓޮނީނޯ ލެމްބޯގީނީ ގޮލްފް ކާޓްސްގެ މި އުފެއްދުން ރާއްޖެއަށް ތައާރަފުކުރީ އިލެކްޓްރިފައި މޯލްޑިވްސް ޕްރައިވެޓް ލިމިޓު ކުންފުނިންނެވެ. މިއީ މި އުފެއްދުމުގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރެވެ. މި ކުންފުނިން ވަނީ ޓޮނީނޯ ލެމްބޯގީނީ ގޮލްފް ކާޓްސް ބްރޭންޑުގެ އިލެކްޓްރިކް ގޮލްފް ކާޓްސް ރާއްޖެ އަށް ތައާރަފުކޮށްފަ އެވެ. މިއީ ތިމާވެއްޓާ ރަހުމަތްތެރި ބެޓެރި އުޅަނދު ތަކެވެ.
މި ފެއާ ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކު އެވެ. މި މަހުގެ 30-28 ވަނަ ދުވަހު އޮންނާނެ އެވެ. މި ފެއާ އިންތިޒާމު ކުރާ އޮމްނިބޮކްސް އިވެންޓްސް ކުންފުނިން ބުނި ގޮތުގައި މި ފެއާގައި ވެގެންދާނީ ޓޫރިޒަމް ސިނާއަތަށް ހާއްސަކޮށް ހުރި ތިމާވެއްޓާއި ރަހުމަތްތެރި އިންޖިއަރިން އަދި ޓެކްނޮލިޖީ އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެ އިވެންޓަކަށެވެ. މި އިވެންޓުގައި އިންޖިއަރިން ޓެކްނޮލޮޖީ ފީންޑުގެ އެންމެ ބޮޑު މާކެޓެއް އޮތް ޓޫރިޒަމް ސިނާއަތަށް ހާއްސަ ސޮލިއުޝަންތައް ފެނިގެންދާނެ އެވެ.
މި އިވެންޓުގައި މައިގަނޑު 10 ދާއިރާއަކުން އުފެއްދުންތަކާއި ޓެކްނޮލޮޖީ ދައްކާލަން ބަހައްޓާފައިވެ އެވެ. އެގޮތުން ކަރަންޓު އުފެއްދުމާއި އިޔާދަކުރަނިވި ހަކަތައިގެ ބައި އަދި ފެނުގެ ހިދުމަތްދޭ ޓެކްނޮލޮޖީގެ އިތުރުން މެކޭނިކް ސިސްޓަމް އަދި ވޭސްޓްވޯޓާ އެންޑް ސުވަރޭޖް އަދި  ޓްރާންސްޕޯޓް އަދި ލޮޖިސްޓިކްސް އާއި ހޮސްޕިޓާލިޓީ ޓެކްނޮލޮޖީސް ހިމެނެ އެވެ. 

އޮމްނިބޮކްސް އިވެންޓްސް އިން އިން ބުނީ މި ފެއާގެ ތެރެއިން މި ދާއިރާގެ މާހިރުންނާ ބައްދަލު ވެެގެންދާނެ އެވެ. އޮމްނިބޮކްސް އިވެންޓްސް ކުންފުނިން ބުނި ގޮތުގައި މި އިވެންޓު ބާއްވަނީ ގިނަ ފަރާތްތަކެއްގެ އެންޑޯސްމަންޓް ލިބިގެންނެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި ވިޒިޓް މޯލްޑިވްސް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް
ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ އިތުރުން
ދަ ނޭޝަނަލް ހޮޓެލްސް އެންޑް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ހިމެނެ އެވެ.
ޓެކްއެންޖް އެކްސްޕޯ 2025 ޕަވާޑް ބައި ޓޮނީނޯ ލެމްބޯގީނީ ގޮލްފް ކާޓްސް އިވެންޓް ހުޅުވިފައި ހުންނާނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.