ސްޓެލްކޯ އާ ޕްލާންޓުން ދިއްފުއްޓަށް ފެން ދީފި

މި މަސައްކަތާއެކު 17،336 މީޓަރުގެ ނެޓްވާކް ލައިން އަޅައި ފެނުގެ ޚިދުމަތް ދެވުނު ގޭގެ އަދަދު 350 އަށް އަރާނެ އެވެ.

ރައީސް ޑރ. މުއިއްޒު ފެނުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވަނީ -- ސްޓެލްކޯ

ރާއްޖޭގެ ގިނަ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދެމުން ގެންދާ ސްޓެލްކޯއިން ކ. ދިއްފުށީގައި ގާއިމް ކުރި ފެނުގެ ނިޒާމް އިފްތިތާޙު ކޮށްފި އެވެ. 


ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކ. ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯއާ ހަވާލުކޮށްގެން އެ ރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް ވަނީ އިފްތިތާހުކޮށްފ އެވެ.

މި މަސައްކަތަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ސްޓެލްކޯއާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތެކެވެ. މި މަޝްރޫޢު އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަމާޙް ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ޕްރޮޖެކްޓްގެ ތަފުސީލް

  • ސްކޯޕް: ކ. ތުލުސްދޫގެ ފެނުގެ ނިޒާމް ފަރުމާކޮށް ޤާއިމްކުރުން
  • މަސައްކަތް ފެށި ތާރީޚް: 29 ޑިސެމްބަރ 2021
  • ކޮމިޝަން ކުރެވުނު ތާރީޚް: 19 އޮކްޓޫބަރު 2025
  • ޚިދުމަތް ފެށި ތާރީޚް: 28 އޮކްޓޫބަރު 2025
  • ކޮންޓްރެކްޓާ : ސްޓެލްކޯ
  • މަސައްކަތުގެ އަގު: 50.8 މިލިއަން ރުފިޔާ

މި މަޝްރޫއުގެ ދަށުން ދިއްފުށީގައި  200 ޓަނުގެ 2 އާރުއޯ ޕްލާންޓް ބަހައްޓައި 1400 ޓަނުގެ 2 އާރުއޯ ޓޭންކް
އަދޮ 1200 ޓަނުގެ އެއް އާރުޑަބްލިއު ޓޭންކް ބަހައްޓާފައިވެ އެވެ. އަދި 17،336 މީޓަރުގެ ނެތްވާކް ލައިން އަަޅާފައިވާއިރު
މި މަޝްރޫޢުގެ ދަށުން ފެނުގެ ޚިދުމަތް ދެވުނު ގޭގެ އަދަދު 350 އަށް އަރާނެ އެވެ. 

ސްޓެލްކޯ އިން މިއަދު ވަނީ ދިއްފުށީގައި އާ އިންޖީނުގެއެއް ވެސް ހުޅުވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.