ވިލާ އެއާއިން ސީޕްލޭންގެ ދަތުރުތައް ފެށުމުގެ ގޮތުން ވިލާ ޑީ ހެވިލޭންޑް ކެނެޑާގެ ޑީއެޗްސީ-6 ޓްވިން އޮޓާ މަރުކާގެ ދެ ބޯޓު ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު އެވެ.

ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ދެމުން ގެންދާ ވިލާ އެއާލައިން ސީޕްލޭން ވިޔަފާރިއަށް ނުކުނަން މާލިގީލީގައި ބޭސްވެއްޖެ އެވެ.
ވައިގެ ދަތުރުފަތުގެ މައުލޫމާތު ގެނެސްދޭ އޭވިއޭޓާއިމް ބުނި ގޮތުގައި ވިލާ އެއާއިން ސީޕްލޭން ފެށުމުގެ ގޮތުން އެކަމަށް ހާއްސަކޮށް ގެނެސްފައިވާ ޑީއެޗްސީ-6 ޓްވިން އޮޓާ  ބޯޓުތައް މިހާރުވަނީ ވިލާ އެއަގެ ބޭސް، މާމިގިލީ އެއާޕޯޓުގައި ބާއްވާފަ އެވެ. މިހާރު ކުރަމުން ގެންދަނީ ފުލޯޓިން ކަނދު ހަރުކުމާއި ފަދަ ތަކެތި ހަރުކޮށް، ކޮންފިގަ ކުރުން ފަދަ ކުދި މަސައްކަތަކެވެ.
ވިލާ އެއާއިން ސީޕްލޭންގެ ދަތުރުތައް ފެށުމުގެ ގޮތުން ވިލާ ޑީ ހެވިލޭންޑް ކެނެޑާގެ ޑީއެޗްސީ-6 ޓްވިން އޮޓާ މަރުކާގެ ދެ ބޯޓު ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު އެވެ.
ވިލާ އެއާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ގްރޫޕު ކަމަށްވާ ވިލާ ގްރޫޕުގެ ދަށުން ހިންގާ ދިވެހި އެއާލައިނެކެވެ. ކުރިން ފްލައިމީ ގެ ނަމުގައި މަސައްކަތް ކުރި ނަމަވެސް، ފަހުން 2023 ވަނަ އަހަރު މި ނަން ވިލާ އެއާ އަށް ވަނީ ބަދަލުކޮށްފައެވެ. މި ކުންފުނިން މިވަގުތު ދަތުރުކުރަނީ ހަމައެކަނި އެތެރޭގެ އުދުހުންތަކުގަ އެވެ. އެގޮތުން އޭޓީއާރު 72ގެ ބޯޓެއް އެ ކުންފުނިން ގެންގުޅެ އެވެ.