ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 2.2 މެގަވޮޓް (2،200 ކިލޯވޮޓް) ނަމަވެސް އައު އިންޖީނުގޭގެ އިންސްޓޯލަބަލް ކެޕޭސިޓީ 7 މެގަވޮޓް (7،000 ކިލޯވޮޓް) އަށް މަތިވެގެންދާނެ އެވެ.

ލޯކަލް ޓޫރިޒަމް ތަރައްގީ ވަމުން އަންނަ ކ. ދިއްފުށީގައި ސްޓެލްކޯއިން ގާއިމްކޮށްފައިވާ އައު އިންޖީނުގެ ހުޅުވައިފި އެވެ.
މި އިންޖީނުގެ ހުޅުއްވައިދެއްވީ މާލެ އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ދިއްފުށީގައި ހުޅުވި އާ އިންޖީނު ގެއާއެކު އެ ރަށުގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމަށްވެސް ކުރިއެރުން ލިބިގެންދާނެ އެވެ. މިގޮތުން ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 2.2 މެގަވޮޓް (2،200 ކިލޯވޮޓް) ނަމަވސް އައު އިންޖީނުގޭގެ އިންސްޓޯލަބަލް ކެޕޭސިޓީ 7 މެގަވޮޓް (7،000 ކިލޯވޮޓް) އަށް މަތިވެގެންދާނެ އެވެ.