ވީއައިއޭ އިން ޑޮލަރު ފޭރުނު ހަތަރު މީހުން ފަސް ދުވަހަށް ބަންދު

ފޭރުމަށްފަހު ލޯންޗެއްގައި ފިލައިގެން އެމީހުން ދިޔައީ މާލެ އަތޮޅު ހުރައަށެވެ. އެ ހަތަރު މީހުން އިއްޔެ ފުލުހުން ހައްޔަރު ކޮށްފައި ވަނީ އެރަށުންނެވެ. އަދި އެމީހުން ފިލި ލޯންޗު ވެސް ވަނީ ހޯދާފަ އެވެ.

ބީއެމްއެލް މުވައްޒަފުންގެ އަތުން ޑޮލަރު ބްރީފްކޭސް ފޭރުނު މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު ބްރީފްކޭހެއް ފޭރުނު މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން ފަސް ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކޮށްފި އެވެ.

އިއްޔެ ރޭ ފަތިހު 4:50 ހާއިރު އާ ޓާމިނަލް އަށް ވަންނަ ދޮރުމަތިން މޫނު ފޮރުވައިގެން ތިބި ދެ މީހަކު ވަނީ ބޭންކުގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ބްރީފްކޭސް ފޭރިގެންފަ އެވެ. ފޭރުނީ ވަޅިން ބިރުދެއްކުމަށްފަހު އެވެ.

ފޭރުމަށްފަހު ލޯންޗެއްގައި ފިލައިގެން އެމީހުން ދިޔައީ މާލެ އަތޮޅު ހުރައަށެވެ. އެ ހަތަރު މީހުން އިއްޔެ ފުލުހުން ހައްޔަރު ކޮށްފައި ވަނީ އެރަށުންނެވެ. އަދި އެމީހުން ފިލި ލޯންޗު ވެސް ވަނީ ހޯދާފަ އެވެ.

ފުލުހުން މިއަދު ވަނީ ހައްޔަރު ކުރި މީހުންގެ ވަނަވަރު އާންމުކޮށްފަ އެވެ. އެއީ ލ. މާވަށް، ރޭޝަމް، މާޒިން މޫސާ 25، އާއި މ. ކޯރަސް، އަހުމަދު ރައިހާން ނައީމް 20، އާއި ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހިމް އަނޫފް 24، އަދި އެގޭ ހުސައިން ޝަހުދު 30، އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ހުރާގެ އެކިތަންތަން ބަލައި ފާސްކުރަމުންނެވެ.

އެ ބްރީފްކޭހުގައި ހުރީ ފަސިންޖަރުންނަށް ބޭންކުން ދޫކުރާ ޑޮލަރެވެ. ބްރިފްކޭސް ތެރޭ ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހުރި ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެ ފައިސާ ހޯދުނުކަން އަދި ކަށަވަރެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.