އެކްޒޯޓިކް ވެއާހައުސްއިން ގެއްލުނު ސިނގިރޭޓަށް 47 މިލިއަން ދައްކަން ހުކުމް ކޮށްފި

ކަސްޓަމްސް އިން ދައުވާ ކޮށްފައި ވަނީ ގެއްލިފައިވާ ސިނގިރޭޓަށް އެގްޒޯޓިކް ކުންފުނިން ޑިއުޓީގެ ގޮތުގައި 47.1 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅައި، އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށެވެ.

މީގެ ކުރިން ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތަކެއް ކަސްޓަމްސްއިން ޗެކުކުރަނީ --

އެކްޒޯޓިކް އެންޓަޕްރައިސެސް ބޮންޑެޑް ވެއާހައުސްގައި ހުއްޓައި ގެއްލުނު ގިނަ އަދަދެއްގެ ސިނގިރޭޓަށް 14 ދުވަސް ތެރޭގައު 47.1 މިލިއަން ރުފިޔާ ދައްކަން އިއްޔެ ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން އެތަން ޗެކުކުރިއިރު، އެތަނުގައި ހުންނަން ޖެހޭ ކެމެލް ޔެލޯ ބްރޭންޑުގެ 165 ކޭސް ސިނގިރޭޓާއި، އެމެރިކަން ލެޖެންޑް ބްރޭންޑްގެ 110 ކޭސް ސިނގިރޭޓާއި، މެންޗެސްޓާ ރޯޔަލް ރެޑް ބްރޭންޑްގެ 300 ކޭސް ސިނގިރޭޓު ގަވާއިދާ ހިލާފަށް އެތަނުން ނެރެފައިވާކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

އެ ކުންފުނީގެ މައްޗަށް ކަސްޓަމްސް އިން ކުރި ދައުވާގައި ބުނެފައި ވަނީ އެ ތަނުން ގަވާއިދާ އެއްގޮތަށް، ހުއްދަ ލިބިގެން ނެރުނު ކަމަށް ރެކޯޑްތަކުން ދައްކަނީ 15 ކޭސް ކެމަލް ޔެލޯ ސިނގިރޭޓު އެކަނި ކަމަށެވެ. ދެން ހުރި ހުރިހާ ސިނގިރޭޓެއް ވަނީ ގެއްލިފަ އެވެ. މިގޮތަށް ބަހައްޓާ ތަކެތި ނެރެން ޖެހޭނީ ކަސްޓަމްސްގެ ހުއްދަ ލިބިގެން، ޑިއުޓީ ދެއްކުމަށް ފަހު އެވެ.

ކަސްޓަމްސް އިން ދައުވާ ކޮށްފައި ވަނީ ގެއްލިފައިވާ ސިނގިރޭޓަށް އެގްޒޯޓިކް ކުންފުނިން ޑިއުޓީގެ ގޮތުގައި 47.1 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅައި، އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށެވެ. 

ހުކުމުގައި ބުނެފައި ވަނީ ދައުވާގެ ލިޔުންތައް އެގްޒޯޓިކް ކުންފުންޏަށް ރައްދުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ލިޔުންތައް ލިބުނުކަމެއް ވެސް އަދި ދައުވާއަށް ރައްދު ދޭން ޖެހޭ މުއްދަތުގައި ރައްދު ވެސް ދީފައި ނުވާ ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުން އެ ހުކުމް ކޮށްފައި ވަނީ ކަސްޓަމްސް އިން އެދުނުކޮށް، އެކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.

ކަސްޓަމްސް އިން މީގެ ކުރިން ވަނީ އެ ކުންފުނީގެ ރަޖިސްޓްރީ ވެސް ބާތިލުކޮށްފަ އެވެ.

ބޮންޑެޑް ވެއާހައުސްތައް ބެލެހެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން، ދުންފަތުގެ ބާވަތްތައް އެތަނުގައި ނުބެހެއްޓޭ ގޮތަށާއި، މީހުން ދިރިއުޅޭ އިމާރާތްތަކުގައި ބޮންޑެޑް ވެއާހައުސްތައް ނުހެދޭގޮތަށް ކަސްޓަމްސްގެ އާންމު ގަވާއިދަށް މިހާރު ވަނީ އިސްލާހު ގެނެސްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.