އޭޓީއެމްތަކުން ބޭންކިން ނިޒާމަށް އަލަށް 200 މިލިއަން ރުފިޔާ ވަނީ ދައުރުވާން ފަށާފައި

މިދިޔަ އަހަރު އޭޓީއެމް ބެހެއްޓިފައިވަނީ 72 ރަށެއްގައި ކަމަށާ ނަމަވެސް މި އަހަރު 130 ރަށެއްގައި އޭޓީއެމް ބެހެއްޓި 280 ރަށެއްގައި އޭޓީއެމް ބެހެއްޓިފައިވާ

މަޖިލީހުގެ ޖަލްސާއެއްގައި މިނިސްޓަރު ސައީދު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

މުޅި ރާއްޖޭގައި ބަހައްޓަމުންދާ އޭޓީއެމްތަކުގެ ސަބަބުން ބޭންކިން ނިޒާމަށް މުޅިން އަލަށް 200 މިލިއަން ރުފިޔާ ދަތުރުވާން ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

މުޅި ރާއްޖޭގައި އޭޓީއެމް ބަަހައްޓަން ސަރުކާރުން ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ 2024 ގެ ކުރިން އޭޓީއެމް ބެހެއްޓިފައިވަނީ 72 ރަށެއްގައި ކަމަށާ ނަމަވެސް މި އަހަރު 130 ރަށެއްގައި އޭޓީއެމް ބެހެއްޓި 280 ރަށެއްގައި އޭޓީއެމް ބެހެއްޓިފައިވާ ކަމަށެވެ. އަދި މިހާރު އޭޓީއެމްގެ ހިދުމަތް ނުލިބި ރާއްޖޭގައި އޮތީ ދެ ރަށް ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

"މިއާއެކު 25 އަހަރުން ރާއްޖޭގައި އޭޓީއެމް ބެހެއްޓުނީ 72 ރަށެއްގައި ނަމަވެސް މިހާރު މި އުތުރުވެފަ. މި އޭޓީއެމްތަކުން 230،000 މުއާމަލާތް ކުރެވުނުއިރު ޖަމާކުރި އަދަދު 203 މިލިއަން ރުފިޔާއަށް އަރާ. އެހެންވުމުން މިއީ އަލަށް ބޭންކިން ނިޒާމަށް އައި އަދަދެއް ކަމަށް ބޭންކުން ބުނޭ،" ސައީދު ވިދާޅުވި އެވެ. 

މުޅި ރާއްޖޭގައި އޭޓީއެމް ބަހައްޓަން ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ބީއެމްއެލްއިން މިމަހު ތެރޭގައި ހުރިހާ އޭޓީއެމްތަކެއް ބަހައްޓާ ނިންމާލާނެ އެވެ. މިއާއެކު ގިނަ ބަޔަކަށް މީގެ ފައިދާ ލިބިގެންދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.