އެޑްވަޓޯރިއަލް

އެލައިޑް މެރިން ހަލް އިންޝުއަރެންސް | ރާއްޖެއަށް މުހިންމުކަން ބޮޑު

މެރިން ހަލް އިންޝުއަރެންސުން ޓޯޓަލް ލޮސް ނުވަތަ އުޅަނދު އެއްކޮށް ހަލާކު ވެގެންދާ ހާލަތްތަކުގައިވެސް ކަވާ ކުރެ އެެވެ. މިހާރު ރާއްޖޭގެ ހާލަތަށް ބަލާއިރު ޓޯޓަލް ލޮސް ނުވަތަ އުޅަނދު އެއްކޮށް ހަލާކު ވެގެން ދިއުން މިއީ އާއްމު ކަމެވެ.

އުޅަނދެއް ފަރަށް އަރާ ހަލާކުވެފަ : މެރިން ހަލް އިންޝުއަރެންސް ރާއްޖެއަށް މުހިންމު

ރާއްޖެއަކީ ކަނޑުގެ ގައުމެވެ. ރާއްޖޭގެ 99 ޕަސެންޓަކީ މޫދުކަމަށްވުމުން ކޮންމެ ދުވަހަކު މިމަގުގެ ބޭނުންކުރަން ޖެހެ އެވެ. އުޅަނދު ފަހަރު ދުއްވަން ޖެހެ އެވެ. އެހެންވެ މެރިން ހަލް އިންޝުއަރެންސް ފަދަ ރައްކާތެރިކަމުގެ ޕޮލިސީތައް މުހިންމުވެ އެވެ. މިގޮތުން ދިވެހިރާއްޖެ ފަދަ ކަނޑުދަތުރުފަތުރާއި މަސްވެރިކަން އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ގައުމަކަށް ވަރަށް ބޭނުންތެރި އިންޝުއަރެންސްގެ ބާވަތައް މި އިންޝުއަރެންސްވެ އެވެ. މިގޮތުން ރާއްޖޭގެ އެލައިޑް އިންޝުއަރެންސް އަދި އެ ކުންފުނީގެ އިސްލާމިކް ވިންޑޯ އެލައިޑްތަކާފުލް އިން ވެސް މުހިންމު ދާއިރާއަށް ހާއްސަ ކަވާތައް ދީފައިވެ އެވެ.

އެލައިޑް އިންޝުއަރެންސުގެ މެރިން ހަލް އިންޝުއަރެންސްއަކީ އޮޑި ދޯނި ފަހަރަށް ހާއްސަކޮށް އެކުލަވާލާފައިވާ އިންޝުއަރެންސް ސްކީމެކެވެ. ރާއްޖޭގެ ދަތުރުފަތުރާއި އިގްތިސޯދުގެ މައި ބަޔަކީ ކަނޑު އުޅަނދުފަހަރު ކަމަށްވާތީ، މި އިންޝުއަރެންސްގެ މަގުސަދަކީ ކަނޑުމަތީގައި ދިމާވާ ގެއްލުންތަކުން އުޅަނދުފަހަރަށް މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.

މި އިންޝުއަރެންސުގެ ކަވާކުރާ ދާއިރާތައް

  •  އަލިފާނުގެ ހާދިސާތައް
  •  އުޅަނދު ފެތުން، ފަރަށް އެރުން، ނުވަތަ ބިންދައިގެން ދިއުން
  •  ގުދުރަތީ ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުން
  •  އުޅަނދު ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވުން (ޓޯޓަލް ލޮސް)

މިހާރު ރާއްޖޭގެ ހާލަތަށް ބަލާއިރު ޓޯޓަލް ލޮސް ނުވަތަ އުޅަނދު އެއްކޮށް ހަލާކު ވެގެން ދިއުން މިއީ އާއްމު ކަމެވެ. : އުޅަނދު ފެތިގެން ނުވަތަ އެނޫން ވެސް ސަބަބަކާ ހުރެ ބޭނުން ނުކުރެވޭ ވަރަށް އޮޑި ގެއްލިގެންދާ ހާލަތްތަކުގައި މި އިންޝުއަރެންސުގެ ބޭނުން ޖެހެ އެވެ. މިފަދަ ހާދިސާއެއް ކުރިމަތިވެއްޖެނަމަ އޮޑީގެ ވެރިފަރާތަށް ބޮޑު ގެއްލުމަކާ ކުރިމަތިވެ އެވެ. މިކަމުން އޮޑިވެރިޔާ ސަލާމަތްކޮށްދޭން މި އިންޝުއަރެންސް ޕޮލިސީ އެހީތެރިވެދެ އެވެ.

މީގެ އިތުރުން އޮޕްޝަނެއްގެ ގޮތުގައި އުޅަނދުގައި ހުންނަ އާލާތްތަކާއި ފަޅުވެރިންނަށާއި ދަތުރުވެރިންނަށް ލިބޭ ގެއްލުންތައް ކަވަރު ކުރެވޭނެ ގޮތްވެސް މި ޕޮލިސީގައި ހުރެ އެވެ. އެހެންވެ މިއީ މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖެ އަށް އެންމެ މުހިންމު އެއް އިންޝުއަރެންސް އެވެ. ރާއްޖޭގައި ހުރި އިންޝުއަރެންސް ތަކަށް ބަލާއިރު ދެވަނަ އަށް އެންމެ ގިނަ ބަޔަކު ނަގަނީ ވެސް މި އިންޝުއަރެންސް އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.